ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު: ސަރުކާރު

ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު: ސަރުކާރު

Author
މުޙައްމަދު ޖިމީ
21 ޑިސެމްބަރ 2022 01:07
0

ސަރުކާރުން ހައްދުންމަތީގައި އެޅުމަށް ނިންމި ކެންސަރު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރުކަމަށް ސަރުކާރުން ބުނެފިއެވެ.

ހައްދުންމަތީގައި އެޅުމަށް ނިންމި 100 އެނދުގެ ކެންސަރު ބަލީގެ ހޮސްޕިޓަލުގެ މަސައްކަތްމިއަހަރު ފެށޭނެކަމަށް ސަރުކާރުން ކުރިން ބުންޏެވެ. ނަމަވެސް ސަރުކާރުގެ ތަރުޖަމާޏް މިޢުވާން މުހައްމަދާއި ހަވާލާދެއްވައި ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ އެ ހޮސްޕިޓަލުގެ މަސައްކަތް ފެށޭނީ އަންނަ އަހަރުކަމަށެވެ. މިވަގުތު ކުރިއަށްދަނީ ޑީޓެއިލް ޕްރޮޖެކްޓް ރިވިއުކަމަށް މިއުވާން ވިދާޅުވެފައިވެއެވެ.

ކެންސަރު ހޮސްޕިޓަލަކީ އިންޑިއާ ސަރުކާރުގެ އެހީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ. އިންޑިއާއިން ރާއްޖެއަށް ދިނުމަށް ނިންމެވި 100 މިލިއަން ޑޮލަރު ލޯނު އެހީން އެ މަޝްރޫޢު އަވަސްކުރުމަށް ނިންމާފައިވާކަން ސަރުކާރުން ކުރިން ހާމަކޮށްފައިވެއެވެ.

ންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ތަރައްޤީކުރާ މިހޮސްޕިޓަލްގެ ޑީޓެއިލް ޕްރޮޖެކްޓްގެ މަސައްކަތާއި ހޮސްޕިޓަލާއި ގުޅޭގޮތުން ހަދަންޖެހޭ ސަރވޭތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެގްޒިމް ބޭންކުން ބުނެފައިވެއެވެ.

ކެންސަރ ހޮސްޕިޓަލް އަޅާ ސަރަޙައްދު ކަނޑައަޅާ އެސަރަޙައްދުގެ ސޮއިލް ޓެސްޓުކޮށްވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގެ ވަށައިގެންވާ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ގަމު ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.