ހަނގުރާމައިގެ ފްރޮންޓް ލައިނަށް ޒިޔާރަތްކޮށް، ޒެލެންސްކީ ސިފައިންނަަށް ޚިދުމަތުގެ މެޑަލް އަރުވައިފި

ހަނގުރާމައިގެ ފްރޮންޓް ލައިނަށް ޒިޔާރަތްކޮށް، ޒެލެންސްކީ ސިފައިންނަަށް ޚިދުމަތުގެ މެޑަލް އަރުވައިފި

ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާންއާއި ދެކޮޅަށް ޔޫކުރެއިންގެ ޑޮމްބަސްގެ ބަކްމަޓް ސިޓީގައި ހިގަމުންދާ ހަގުރާމާއިގެ ފްރޮންޓްލައިނަށް ޒިޔާރަތްކޮށް، ޔޫކުރެއިންގެ ރައީސް ޒެލެންސްކީ، ގައުމުގެ ދިފާއުގައި ހަގުރާމަ ކުރަމުންދާ އެގަމުގެ ސިފައިންނަށް ޚިދުމަތުގެ މެޑަލް އަރުވައިފިއެވެ.

ޔޫކުރެއިންގެ ރައީސްގެ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މިހާރު އެންމެ ގަދައަށް ހަގުރާމަ ހިގަމުންދާ ސަރަހައްދުގައި ޔޫކުރެއިންގެ ދިފާއުގައި ހަގުރާމަ ކުރަމުންދާ އެގައުމުގެ އަސްކަރިްއޔާގެ އޮފިޝަލުންނާއި ބައްދަލުކޮށް ޒެލެންސްކީވަނީ ސިފައިންގެ އޮފޮސަރުންނާއި އެވާރޑްތައް ހަވާލުކޮށްފައި ކަމުގައެވެ.

ރަޝިއާއިން ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭންފެށިތާ 300 ދުވަސް ފާއިތުވެގެން ގޮސްގައިވާއިރު، މުޅި ޑޮންބަސް ސަރަހައްދު އެކީ ހިފުމަށް ރަޝިއާއިން ކުރަމުންދާ މަސައްކަތް ކާމިޔާބު ވިޔަނުދީ ޔޫކުރެއިން ސިފައިވަނީ ހިފަހައްޓާފައެވެ. ބަކްމަޓް ސިޓީއަކީ ޑޮންބަސް ސަރަހައްދުގައި އަދިވެސް އެންމެ ބޮޑަށް ހަގުރާމަ ހިގަމުންދާ އެއް ސަރަހައްދެވެ.

ޑޮންބަސް ސަހަރައްދުގެ ބައެއް ހިސާބުތައް 2014ވަނަ އަހަރުން ފެށިގެން ކޮންޓްރޯލް ކުރަމުން އައިސްފައިވަނީ ރަޝިއާއިން އެހީތެރިވެދޭ ހަނގުރާމަވެރިންނެވެ.

މިމަހުގެ ކުރީކޮޅު ޒެލެންސްކީ ވިދާޅުވެފައިވަނީ، ހަނގުރާމައިގެ ކުރިން 70،000 އާއި 80،000 އާއި ދެމެދުގެ އާބާދީއެއް އޮތް ބަކްމަޓް ސިޓީ ހިފުމަށް ރަޝިއާއިން ކުރަމުންދާ ހަގުރާމައިގެ ސަބަބުން އެ ސިޓީގެ އާބާދީ މިހާރު 10،000 އަށް ތިރިވެ، މުޅި ސިޓީ ވީރާނާވެގެން ގޮސްފައިވާ ކަމުގައެވެ.

އިސްތިއުމާރީ ބާރުންވަނީ މުޅި ބަކްމަޓް ސިޓީ ސުންނާފަތި ކޮށްލާފަ. މިއީ ރަޝިއާގެ އަސްކަރިއްޔާއިން ބިމާ ހަމަކޮށްލާފައިވާ ޑޮންބަސްގެ އިތުރު ސިޓީއެއް.

ޒެލެންސްކީ ވިދާޅުވެފައި ވެއެވެ.

ޔޫކުރެއިންގެ ޑޮންބަސް ސިޓީ ރަޝިއާ ސިފައިންނަށް ހިފިއްޖެނަމަ، އެ ސަރަހައްދުގައި ޔޫކުރެއިން ސިފައިންގެ ބާރުގެ ދަށުގައިވާ މުހިންމު ދެސަރަހައްދެއްކަމުގައިވާ ކްރަމަޓޯސްކްއާއި ސްލޯވިއަންސްކްއަށް ހަމަލާދިނުމަށް ރަޝިއާ ސިފައިންނަށް މަގުތަނަވަސްވެ، ޔޫކުރެއިން ސިފައިންގެ މުހިންމު ސަޕްލައިލަންތަކެއް ބަންދުވެގެން ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *