ބޮޑެތި ގޮންޖެހުންތަކާއެކުވެސް، ރާއްޖޭގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޢާންމުގޮތެއްގައިވެސް މިސަރުކާރަށް ތައުރީފުކުރައްވާ މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތައް މިހާ ދަތު ދުވަސްވަރެއްގައިވެސް މިވަނީ ޙާޞިލުކުރެވިފައިކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދު 7 ޕަސެންޓަށް ވުރެ ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާކަމަށާ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ސިޔާސަތުތައް ތަންފީޒުކުރުމަށްކަމަށްވެސް މަވޯޓާ ވިދާޅުވެފައިވެއެވެ.
In spite of huge challenges,our economy continues to recover,w/ the crucial tourism sector having achieved set targets.Economy is forecast to grow at more than 7% in 23,w/ tourism the main driver. Govt says its highest priority is to implement policies to ensure continued rebound
— Ibrahim Shareef (@AdduShareef) December 17, 2022
ރާއްޖޭގެ އިޤްތިޞާދު އަންނަނީ ރަނގަޅުވަމުންކަމަށާ، އެކަމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ފަތުރުވެރިން ރަނގަޅުވުންކަމަށް ސަރުކާރާއި ބޭރުގެ ބައެއް ފަރާތްތަކުންވެސް އަންނަނީ ވިދާޅުވަމުންނެވެ. އެގޮތުން ކުރިއަށްއޮތް 6 ދުވަހުގެތެރޭ މިއަހަރަށް ކަނޑައަޅާފައިވާ ފަތުރުވެރިކަމުގެ އަމާޒު ހާސިލްކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުދަދުވަހު ލަފާކޮށްފައެވެ.
ސަރުކާރުން މިއަހަރަށް އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.5 މިލިއަން ފަތުރުވެރިން އައިސްފައެވެ.
One Response
އިންތިހާޔައްް ގައުމުބަނޑައްޖެހޭއިރުވެސްް މަވޯޓަމެންގެެ ފެމެލީންް އަންނަނީީ ދައުލަތުންް ގިނައަދަދަކައްް ފައިސާނަގަމުންް މަވޯޓާޝަރީފުމެންގެެ މާލީހާލަތުު ފަތުއަޑުކިޔާފަަ މައްޗައްް ގައުމުގެެ މާލީހާލަތުު ފަތުއަޑުކިޔާފަަ ބަގުރޫޓްވަނީި މީމަކަރުވެރިި ހީލަތްތެރިންގެެ ޒަމާނެއްގޮތައްފެންނަނީ