ޑީއާރުޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގައިފި

ޑީއާރުޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2022 09:58
0

ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، އަދި ޑީއާރުޕީ އުވާލުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަށް އިލެކްޝަސް ކޮމިޝަނުން އެޕާޓީއަށް އަންގައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް، އެ ޕާޓީއަށް ތިން މަސް ދުވަހުގެ މުއްދަތު ދެވި އެމުއްދަތު އޮކްޓޯބަރ 25 އަށް ހަމަވިއިރު، އެޕާޓީއަށް 3000 މެންބަރުން އެ ޕާޓީއަށް ހަމަވެފައި ނުވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން، ޕާޓީ އުވާލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި އެ ނިންމުމާއި ގުޅިގެން ކޮމިޝަނުން އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާ ބައްދަލުކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން ޑީއާރުޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި، ޕާޓީ އުވާލުމުގެ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ވަނީ އަންގާފައެވެ.

ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރެވެ. ޑީއާރުޕީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި އެއްޕާޓީއަށްވާއިރު އެޕާޓީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. ޑީއާރުޕީ ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވީ އެޕާޓީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިން ޕީޕީއެމްގެ އުފެދުނު ހިސާބުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ދަފްތަރަށް ބަލާއިރު ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 2681 މެމްބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބިނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.