ޓޮމް، ރައީސަށް: ހެޔޮނުވާނެ، ބްރިޖްގެ މަސައްކަތް ކުރަން ކަމަށް އެކަށީގެންވާ ބަޔަކު ހޯދާ!

ޓޮމް، ރައީސަށް: ހެޔޮނުވާނެ، ބްރިޖްގެ މަސައްކަތް ކުރަން ކަމަށް އެކަށީގެންވާ ބަޔަކު ހޯދާ!

Author
ޢަލީ އާދަމް
13 ޑިސެމްބަރ 2022 11:42
0

ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އެފަދަ ކަމެއް ކުރަން ހެޔޮވާގޮތަކަށް ނޫންކަމަށާ، މިހާރު އެމަސައްކަތް ކުރާ އެފްކޮންސްއަށް ދޭންޖެހޭ ބަދަލެއް ދީފައިވެސް އެކަން ކުރެވޭވަރުގެ ބަޔަކާ މަސައްކަތް ޙަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށިފަހުން ދޭތެރެދޭތެރެއިން އެތަނުގެ ކޮންމެވެސް މައްސަލައެއްގެ ވާހަކަ ފެންމަތިވެއެވެ. އެއްފަހަރު ބްރިޖު ހަދަން އަޅާފައި އޮތް ޕްލެޓްފޯމެއް ވިލިމާލެ ފަރަށްއަރައި ބޮޑެތި ގެއްލުންތަކެއް ވިއެވެ. އެމައްސަލާގައި އެފްކޮންސް ޖޫރިމަނާވެސް ކުރިއެވެ. އެމައްސަލަ އަދިވެސް ނުނިމެއެވެ. އޭގެފަހުންވެސް މިފަދަ އެތައްކަމެއް ހިނގިއެވެ. އެންމެފަހުން ބްރިޖުގެ ތަނބެއްގެ ޕައިލިން މަސައްކަތްކުރަނިކޮށް ކެރޭނެއް ބިންދައިގެން ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ޓޮމް ވިދާޅުވެފައިވަނީ ރައްޔިތުންގެ ބޮލުގައި ބިލިއަނުން ދަރަނިއަޅުވާފައި މިއީ ކުރަން ހެޔޮ ނުވާނެކަމެއްކަމަށެވެ. އެފްކޮންއަށް މިހާތަނަށް ކުރިމަސައްކަތައްވާއަގު ދީފައި، ބްރިޖްގެ މަސައްކަތް ކުރަން ކަމަށް އެކަށީގެންވާ ބަޔަކު ހޯދަން އެދޭކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން ބިލިއަނެއް ތިކުރައްވަނީ އިސްރާފުކަމަށްވެސް ޓޮމް ރައީސް ޞާލިޙަށް ދަންނަވާފައިވެއެވެ.

ޓޮމް މިހެން ޓްވިޓްކުރެއްވިއިރު ރައީސް ވަޑައިގެންވީ މިހާރު ޤަޠަރުގައި ކުރިއަށްދާ ވޯލްޑްކަޕް ބައްލަވަން ޤަޠަރުގައެވެ. އެއީ ޤަޠަރު ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންނަމަވެސް ރައީސްގެ ޓިކެޓު ނަންގަވާނީ ރައީސް އަމިއްލަފުޅަށްކަމަށްވެސް ވިދާޅުވެފައިވެއެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ ވަފުދެއް ގެންދެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.