ގައްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުވަސްވީ މީހެއްގެ ހަށިގަނޑުގެ 90 ޕަސެންޓު ފިހިއްޖެ

ގައްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދުވަސްވީ މީހެއްގެ ހަށިގަނޑުގެ 90 ޕަސެންޓު ފިހިއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ޑިސެމްބަރ 2022 07:47
0

ގދ. ގައްދޫގައި ރޭގެ ވަގުތެއްގައި ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދުވަސްވީ މީހެއްގެ ހަށިގަނޑުގެ 90 ޕަސެންޓު ފިހިއްޖެއެވެ.

ގައްދޫ ސިއްހީ މަރުކަޒުގެ އޮފިޝަލު ފާތިމަތު މޫސާ ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހިފައިވަނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ ރޭ ގައްދޫ ސިއްހީ މަރުކަޒައް ދިޔައީ 8:01 ގައި އެކަނި ހިނގާފައެވެ. އޭރު އޭނާގެ ގައިގައި ހުރި ހެދުން އަދާފައިހުރުމުން ގޯންޏެއް ބަނދެފައި ވެއެވެ.

ގައްދޫން މަންޒަރު ދުށް މީހަކު ބުނެފައިވަނީ ރޭ އަށެއް ޖަހާކަށްހާއިރު ހިނގި ހާދިސާގައި ފިހުނީ މުހައްމަދު ޖަމީލު ނަމަކަށް ކިޔާ މީހެކެވެ. ޖަމީލު ރަށުގައި ދިރިއުޅެމުން އައީ އޭނާގެ އަނބިމީހާއާ އެކުގަ އެވެ. ދަރިން ތިބީ މާލޭގައި ކަމުން، އެ ގޭގައި އުޅެނީ ދެމަފިރިން އެކަންޏެވެ.

އޭނާގެ ހާލު ސީރިއަސްކަމުން ބަލަނީ އެ އަތޮޅު ތިނަދޫ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދެވޭތޯ ކަމަށް ވެސް ޝަހީދާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.