މުދަލެއްގެ މައްޗަށް ހުއްދަނޫން ބާރު ހިންގުމުގެ ކުށުގައި މީހަކު ހޯދަނީ

މުދަލެއްގެ މައްޗަށް ހުއްދަނޫން ބާރު ހިންގުމުގެ ކުށުގައި މީހަކު ހޯދަނީ

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2022 02:54
0

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

މި އަމުރާ ގުޅިގެން  ހޯދަމުންދަނީ ކ. މާލެ، މއ. ނިކަގަސްދޮށުގެ، މުޙައްމަދު ޝަރޫޖް އާދަމް (37އ) އެވެ. ފުލުހުން ބުނީ، މުޙައްމަދު ޝަރޫޖް އާދަމް ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2022 ޑިސެމްބަރު 12 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށެވެ.

އެހެންކަމުން މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.