ކެރޭން ވެއްޓުނަސް ބްރިޖް މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެ!

ކެރޭން ވެއްޓުނަސް ބްރިޖް މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެ!

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2022 06:13
0

ކްރޭން ވެއްޓުނަސް ބްރިޖް މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ކެރޭނެއްގެ ބޫމް ފެއިލްވެ ކެރޭންގެ ބިންދައިގެން ދިޔަ ބައި ކަނޑަށް ވެއްޓުނީ އިއްޔެ މެންދުރު އެވެ. މިހާރު ވަނީ އެބައި ކަނޑުން ނަގާފައެވެ.

މިހާދިސާއާއި ގުޅިގެން މިއަދު ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ވިލިމާލޭ ކައިރީގައި މަސައްކަތް ކުރަމުންދިޔަ ޖެކްއަޕް ޕްލެޓްފޯރމްގައި ބަހައްޓާފައިވާ މޯބައިލް ކްރޭންއަކުން ޕައިލިންގް މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް މެޓީރިއަލް އުފުލަނިކޮށް ކްރޭންގެ ބޫމްވަނީ ފެއިލްވެފައި ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އިތުރު އިކުއިޕްމަންޓަކަށް ގެއްލުމެއްނުވާ ކަމަށާއި، އަދި ކްރޭންގެ ބޫމްވަނީ ޖެކްއަޕް ޕްލެޓްފޯރމް މަތިން މިހާރު ނެގިފައި ވާކަމަށެވެ. އަދި މިކަމާއި ގުޅިގެން މި މަޝްރޫއުގެ މަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެކަމަކަށް ނުބެލެވޭކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގެ އަސްލު އޮޅޭގޮތަށް ހަބަރު ފަތުރަމުން ގެންދާކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ބްރިޖުގެ ޖިއޯ ޓެކްނިކަލް ސާވޭ އަށް ބޭނުންކުރާ ޕްލެޓްފޯމެއް މިދިޔަ އޮގަސްޓް 16 ގައި ވިލިމާލެ ފަރަށް އެރިއެވެ. އެހާދިސާގެ ސަބަބުން ވެސް ބުރިޖުގެ މަސައްކަތް ލަސް ނުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. ބްރޖިސް މަސައްކަތް މިނިސްޓްރީން ވިދާޅުވި ތާރީހަށް ކުރިއަށް ނުދާތީ ގިނަ ބައެއްގެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ. ނަމަވެސް މިނިސްޓްރީން ވިދާޅުވަމުންދަނީ ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިމިގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.