އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ގިނަ ހަރަކާތްތައް މިހަފްތާގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ދުވަސްވާއިރުވެސް އެމަނިކުފާނުގެ އިސްތިއުފާނު ނިމޭ ގޮތް ނުވުމަކީ ޝަރުއީ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ކަމަށެވެ. ހައިކޯޓްގައި މައްސަލަ ނުނިމި ތިން މަސް ދުވަސް ވެފައިވަނީ އެމްޑީޕީއާ ސަރުކާރުގެ ނުފޫޒުން ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.
މިމަހުގެ 28 ވަނަ ދުވަަށް ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ފުރޭއިރު، އެމަނިކުފާނަށް އިންސާފު ހޯދުމަށް އިދިކޮޅު ހަރަކާތްތައް މިހަފްތާގައި އިތުރުކޮށް، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ޖަލްސާތަކާއި އެއްވުންތަކާއި، މިނޫންވެސް ސުލްހަވެރި ގިނަ ހަރަކާތްތަކެއް މިހަފްތާގެ ތެރޭގައި ބާއްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ ސަރުކާރުން ބޭނުންހާ ސަކަރާތެއް ޖަހަން އެޗްޕީއޭއިން ހުއްދަ ދޭއިރު އިދިކޮޅުން ޖަލްސާއެއް ބާއްވަން ހުއްދައަށް އެދުމުން އެކަންވެސް ކޮށްދީފައި ނުވާކަމަށެވެ. ސަރުކާރުން ހަރަކާތްތައް ހިންގާއިރު ކޯވިޑްގެ ބިރުވެރިކަން ނެތްނަމަ އިދިކޮޅުން ސިޔާސީ ހަރަކާތް ބާއްވައިގެންވެސް ކޯވިޑްގެ ނުރައްކާ ކުރިމަތިވާންވީ ސަބަބެއް ބެތްކަމަށް ޝުޖާ ވިދާޅުވިއެވެ.
އަޅުގަނޑުމެން ދެން މައިމޫނާއަކަށް ނުބަލާނަން. މަގުމައްޗަށްވެސް ނިކުންނާން. ތިބޭފުޅުން އަޅުގަނޑުމެން ގޮވާލާ ކޮންމެ ގޮވާލުމަކަށް ނިކުންނަނަށް ތައްޔާރައް ތިއްބަވާތި. ފުލުހަށް ހާޒިރުކޮށް ބިރު ދެއްކޭނެކަމަށް އުންމީދު ކުރާނެ ކަމެއްނެތް އެކަމެއް ނުވާނެ. މާދަމާވެސް އެބައޮތް ފުލުހަށްދާން ކިޔާފަ.
– ޝުޖާ ވިދާޅުވިއެވެ.
ރައީސް ޖަލަށް ހުކުމްކުރެއްވިތާ އެއް އަހަރު ފުރޭ މިމަހުގެ 28 ވަނަ ދުވަހުގޭ ޚާއްސަ މުޒާހަރާއެއްވެސް އޮންނާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. މިހަރަކާތަކީ "އަނިޔާއާ ދެކޮޅަށް ރާއްޖެ" މި ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.
ކޮމެންޓު ފޮނުވާ