އެޗްޑީސީގެ ދެ މުވައްޒަފަކު ނުކުޅެދުންތެރިންގެ އެމްބަސެޑަރުކަމަށް

އެޗްޑީސީގެ ދެ މުވައްޒަފަކު ނުކުޅެދުންތެރިންގެ އެމްބަސެޑަރުކަމަށް

Author
މުޙައްމަދު ޝަޒައިމް
04 ޑިސެމްބަރ 2022 04:01
0

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުނީގެ ދެ މުވައްޒަފަކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބަސަޑަރުންގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެޗްޑީސީގެ ދެ މުވައްޒަފުން ކަމުގައިވާ އާމިނަތު އިރާޝާ އަދި އަހުމަދު ނަޖީބް ވަނީ ޑިސޭބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައެވެ. އެޗް.ޑީ.ސީގެ ހޮޓްލައިން 1516 އިން އެމްބެސެޑަރުންނަށް މައްސަލަތައް އަދި ހިޔާލުތައް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ޑިސޭބިލިޓީ އެމްބެސެޑަރުންގެ މަސްޢޫލިއަތްތަކުގެ ތެރޭގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ފަހިކުރުމަށްޓަކާއި ވެށި ބިނާކުރާއިރު އެޗް.ޑީ.ސީއަށް މުޖުތަމައުގެ އެފަދަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ފޯރުކޮށްދިނުން، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗްޑީސީއަށް ހުށައަޅައި އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށް އެމަސައްކަތްތައް ކުރިއަށްދާ މިންވަރު މޮނިޓަރ ކުރުން އަދި ނުކުޅެދުންތެރިމުގެ ދާއިރާއިން މުޖުތަމަޢު ހޭލުންތެރިކުރުމަށް އެޗް.ޑީސީ އިން ރާވާ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.