މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓީވާޓް އާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ބައްދަލުކުރައްވާ އެއަރޕޯޓްގެ ސެކިއުރިޓީ ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިއަދު ބަންޑާރަ ކޮށީގައި ބޭއްވި މިބައްދަލުވުމުގައި ދެބޭފުޅުންވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯތްގެ ސެކއިުރިޓީ އިތުރަށް ވަރުފަދަކޮށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރާއްޖޭގެ އެއަރޕޯޓްތަކުން ފުރާ މީހުންނާއި އަންނަ މީހުންގެ ސެކިއުރިޓީއާއި ސަލާމަތީ ކަންކަން ބަލަހައްޓ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަކީ ޑިފެންސް މިނިސްޓްރިގެ ދަށުން ހިންގަމުން އަންނަ ތަނެކެވެ.
Mr. Gordon Andrew Stewart, CEO & MD of @MACLmedia met with Hon. Minister @MariyaDidi today. Discussions focused on furthering cooperation in enhancing the security-related aspects at Velana Int'l Airport. The Minister was joined by CDF of @MNDF_Official MG Abdulla Shamaal. pic.twitter.com/LFSSVNxqu6
— Ministry of Defence (@MoDmv) November 22, 2020
މިމަޝްވަރާތަކުގައި ޗީފް އޮފް ޑިފެންސް ފޮރސް މޭޖަރަ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓީވާޓް އެމްއޭސީއެލްގެ މަޤަމުގެ މަސްއޫލިޔަތާ ޙަވާލްވެ މަސައްކަތް ކުރައްވަން ފަށްޓަވާނީ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވުމުންނެވެ.
ކޮމެންޓު ފޮނުވާ