އަމީނީ މަގުގެ 2ވަނަ ސެގްމަންޓް ފަށައިފި

އަމީނީ މަގުގެ 2ވަނަ ސެގްމަންޓް ފަށައިފި

Author
ޢަލީ އާދަމް
03 ޑިސެމްބަރ 2022 12:55
0

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ދެވަނަ ސެގްމަންޓުގެ މަސައްކަތް، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރް.ޑީ.ސީ)އިން ފަށައިފިއެވެ.

މާލޭގެ މައި އެއް މަގުކަމަށްވާ އަމީނީ މަގުގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްދާ މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓިފައި އޮތްކަމަށް ދެކެވުނު ވާހަކައަށް ރައްދު ދެމުން އާރުޑިސީން ކުރިން ބުނެފައިވަނީ އެމަސައްކަތް ނުހުއްޓޭކަމަށެވެ. އަދި ކުރިއަށްދަނީ ޕްލޭންކޮށްފައިވާ ގޮތަށްކަމަށާ، އެހެންނަމަވެސް މިބަގުތު މަސައްކަތް އޮތީ މަޑުޖެހިފައިކަމަށް ރޯޑްޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފިއެވެ.

އާރުޑީސީން ބުނީ މިވަގުތު މަސައްކަތް މަޑުޖެހިފައި އޮތަސް އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ރޭވިފައިވާ ގޮތަށް ކަމަށެވެ. އަދި އެކޯޕަރޭޝަން އޮތީ 24 ގަޑިއިރު މަސައްކަތް ކޮށްގެންވެސް އަމީނީ މަގުގެ މަސައްކަތް ނިންމަން ތައްޔާރަށްކަމަށްވެސް އާރުޑީސީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރު ޖުލައި މަހު ތިނެއްގައެވެ. މިދިޔަ އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފެށި އެ މަގުގައި ތާރު އަޅައި ނިންމަން ދިނީ 10 މަސް ދުވަހުގެ މުއްދަތެކެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރާނެއެވެ. އަމީނީ މަގުގެ މަސައްކަތް އާރުޑީސީން ކުރަމުންދާ ސްޕީޑަށް ބަލާއިރު ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ. ޚާއްސަކޮށް ގިނަ ދުވަސް ތަކެއްވަނެދެން މަގުގެ ބައެއް ބަންދުކޮށްފައި އޮތުމަކީ ކަންބޮޑުވުމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
މިކަހަލަ ކިތައް "ސެގްމެންޓް" އޮވޭބާ އެމަގު ހެދުމުގައި. މި މަގުގައި ވިޔަފާރި ކުރަންތިބި އެންމެން ބަނގުރޫޓު ނުވަނީސް މަގުހެދޭނެބާ. މިކަހަލަ ކަންކަން ހަލުވަ ހަލުވަ ތިބޭއިރު އެނގެންޖެހޭނެ ގިނަ ބަޔަކުގެ ދިރިއުޅުން މިކަމާއި ގުޅިފައިވާކަން.