ގިނަ އަދަދެއްގެ ޑޮކްޓަރުން މިއަހަރު ސްރީ ލަންކާ ދޫކޮށް ހިގައްޖެ

ގިނަ އަދަދެއްގެ ޑޮކްޓަރުން މިއަހަރު ސްރީ ލަންކާ ދޫކޮށް ހިގައްޖެ

Author
ހުސެއިން
02 ޑިސެމްބަރ 2022 01:45
0

މިއަހަރުގ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި ސްރީ ލަންކާ ދޫކޮށް އެގައުމުގެ 477 ޑޮކްޓަރަކު ގޮސްފައިވާކަމަށް ސްރީ ލަންކާގެ ސަރުކާރުގެ މެޑިކަލް އެސޯސިއޭޝަން (GMOA) އިން ހާމަ ކޮށްފިއެވެ.

ސްރީ ލަންކާ ސަރުކާރުގެ މެޑިކަލް އެސޯސިއޭޝަން (GMOA)ގެ މެމްބަރެއް ކަމުގައިވާ ޑރ. ހަރިތަ އަލުތުގެ މިކަން ހާމަ ކޮށްފައިވަނީ، ޓެކްސާބެހޭ ގާނޫނަށް ގެނައުމަށް މިހާރު އެގައުމުގައި ހުށަހަޅާފައިވާ އިސްލާހުތަކާއި ދެކޮޅަށް ސްރީ ލަންކާގެ ގިނަ އަދަދެއްގެ ޕްރޮފެޝަނަލް ގުރޫޕްތަކުން އެކުވެގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލުތުގެ ވިދާޅުވި ގޮތުގައި، ސްރީ ލަންކާ ދޫކޮށް ގިނަ އަދަދެއްގެ ފަންނީ މީހުން ދާކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި މީގެ ސަބަބުން އެގައުމަށް ބޮޑު ކާރިސާއަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

ޓެކްސްގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން އަނެއްކާވެސް ގައުމު ދާނީ ފަހަތަށް. ގައުމު ދޫކޮށް ދާ ޑޮކްޓަރުން ގައުމު ދޫކޮށް ދިޔަ ނުދިނުމަށް އެތައް ބަޔަކު ގޮވަމުން ދަނީ. އެހެންނަމަވެސް އެކަން ހުއްޓުވުމަށް އެއްވެސް ބަޔަކު ރަގަޅު ނިންމުމެއް ނިންމާކަށް ނޫޅޭ.

އޭނާ ވިދާޅުވިއެވެ.

ޑރ. އަލުތުގެ އިތުރަށް ވިދާޅުވި ގޮތުގައި މައްސަލަ ހައްލު ކުރުމަށް އަމާޒުކޮށް ރަގަޅު ސަވޭއެއް ހެދުމަށް ސަރުކާރުގެ އިދާރާތަކުން މަސައްކަތް ނުކުރާއިރު، އެ އިދާރާތަކުން މަސައްކަތް ކުރަމުން ދަނީ ޑޮކްޓަރުން ގައުމުދޫކޮށް ދިއުން ހުއްޓުވުމަށް ކަމުގައެވެ.

ގާނޫނުހަދާ މަޖިލިހުގައި ބުނެފައިވަނީ 300 ޑޮކްޓަރުން ގައުމު ދޫކޮށް ހިގައްޖެކަމަށް. އެހެންނަމަވެސް އަހަރެމެންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި 477 ޑޮކްޓަރުން ގައުމު ދޫކޮށް ހިގައްޖެ. ބައެއް ޑޮކްޓަރުން ގޮސްފައިވަނީ ޗުއްޓީ ނަގައިގެން. އަނެއްބައި ޑޮކްޓަރުން ގޮސްފައިވަނީ ޗުއްޓީ ނެގުމަކާވެސް ނުލާ.

ޑރ. އަލުތުގެ ވިދާޅުވިއެވެ.

ސްރީ ލަންކާ މިނިވަން ވީއްސުރެ އެގައުމަށް އައިސްފައިވާ އިގްތިސާދީ އެންމެ ބޮޑު ކާރިސާއިން އަދިވެސް އެގައުމަށް އަރަގަނެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.