ޖޭއެސްސީން މަސައްކަތްކުރަނީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން: ޓޮމް

ޖޭއެސްސީން މަސައްކަތްކުރަނީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން: ޓޮމް

Author
ޢަލީ އާދަމް
02 ޑިސެމްބަރ 2022 10:41
0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުޅެނީ މިހާރު ދަށު ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޢަބްދުﷲ ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޠާރިގް (ޓޮމް) ތުހުމަތުކުރައްވައިފިއެވެ.

މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ކުށުގެ ތުހުމަތުގައި ރައީސްޔާމީންގެ މައްޗަށް ކްރިމިނަލްކީޓުގައި ހިނގަމުންދާ މައްސަލައިގެ ޝަރީޢަތް ނިމި، ހުކުމް ކުރުން އޮތީ މިމަހުގެ 30ގައެވެ.

މަހާޒުގެ މައްސަލަ ކުއްލިއަކަށް މިހާރު ބަލަން ފެށުމަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެގޮތުގައި ޓޮމް ތުހުމަތުކުރެއްވިއެވެ.

"ސިޔާސީ ނުފޫޒަށް ދީލާނުލައްވާށެވެ. ނުފޫޒަށް ހުކުމްކުރި ފަނޑިޔާރުންނަށް ވީގޮތް އިބުރަތަކަށްފުދެ އެވެ. ވަރުގަދަކަން ދެއްކި އ.ސައީދާއި އަލީ ހަމީދު ކޮބައިތޯއެވެ. މިކަން މިދަނީ ނިމޭށެވެ. ރައީސް ސޯލިހު، ވެރިކަމުގެ އިތުރު ދައުރެއް ހޯދުން އެއީ ކަނޑުމަގުން ހަނދަށްދާން އުޅުންކަހަލަ ކަމެކެވެ،" ޓޮމްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފްގެ ހުކުމް އިއްވި ދުވަހު ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ދެން ތިއްބެވި ފަނޑިޔާރުން ފަރިކުޅުއްވި މައްސަލަ ޖޭއެސްސީން ވަނީ ބަލަން ފަށާފައެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ، ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފެންނަކަމަށް އެ ކޮމިޝަނުން އިއްޔެ ނިންމައި އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލައިފައިވާކަމަށެވެ.

މި މައްސަލާގައި ސުވާލުކުރަން އެ ކޯޓުގެ ދެ އަންހެން މުވައްޒަފަކު ވަނީ ޖޭއެސްސީ އަށް ހާޒިރުކޮށްފައިވެއެވެ.

ޔާމީންނަށް ހުކުމް އިއްވި ދުވަހު، ޝަރީޢަތް ދިގުލައިގެން ދާތީ އެ ޝަރީއަތް އޮންނަ ކޮންމެ ދުވަހަކު ވެސް އެގޮތަށް ފަނޑިޔާރުންގެ ހަރަދުގައި ކާން ގެނައިކަމަށްވެއެވެ. ޔާމީންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ ިއސްތިއުނާފްގައި އެދުވަހު ވަނީ އެހުކުް ބާޠިލްކުރުމަށް ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.