އަފްއާނިސްތާނުގެ އުތުރުގެ ސިޓީއެއް ކަމުގައިވާ އައިބެކްގެ މަދުރަސާއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 16 މިހަކު މަރުވެ 24 މީހަކަށް އަނިޔާ ވެއްޖެއެވެ.
ފާއިތުވެދިޔަ އަހަރުގެ އޮގަސްޓުމަހު ތާލިބާން ޖަމާއަތުން އަފްއާނިސްތާނުގައި ވެރިކަން ކުރަން ފެށިފަހުން އެގައުމުގެ އެކި ހިސާބުތަކުގައި ދީފައިވާ ބޮމުގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. މީގެތެރެއިން ގިނަ ހަމަލާތައް ދީފައިވަނީ އަފްއާނިސްތާނަށް ނިސްބަތްވާ އައިސިސްގެ ގޮފިންނެވެ.
މިފަހަރުގެ ބޮމުގެ ހަމަލާ އަމާޒުކުރި، ވެރިރަށް ކާބުލްގެ އުތުރުން 200 ކިލޯމީޓަރު ދުރުގައި އޮންނަ އައިބަކު ސިޓީގެ ޑޮކްޓަރަކު މައުލޫމާތު ދީފައިވާ ގޮތުގައި މި ހަމަލާގެ ޝިކާރައަކަށް މުޅިންވެސް ވެފައިވަނީ ޒުވާނުންނެވެ.
މިހަމަލާ ދީފައިވާކަން ޕްރޮވިންޝަން އޮފިޝަލަކު ބައެއް މީޑިއާތަކަށް ޔަގީން ކޮށްދީފައިވި ނަމަވެސް، މަރުވި މީހުން ރަސްމީ އަދަދެއް ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ