އެނިވާސަރީއަށް ކެޓްރީނާ އާއި ވިކީ ރާއްޖެއަށް

އެނިވާސަރީއަށް ކެޓްރީނާ އާއި ވިކީ ރާއްޖެއަށް

Author
ފާތިމަތު ނާވީ
03 ޑިސެމްބަރ 2022 09:17
0

ރާއްޖެއާ މެދުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް އެމީހުން ކައިވެނީގެ އެނިވާސަރީ ފާހަގަ ކުރުމަށް ދިވެހިރާއްޖެ އައުމަށް ނިންމައިފައިވާކަމަށް ޚަބަރުތަށް ބުނެފިއެވެ.

ދެމަފިރިންގެ ގާތް ރަހުމަތްތެރިއަކާ ހަވާލާދީ އިންޑިއާ ނޫހެއްގައި ބުނެފައިވަނީ، އެމީހުންނަށް އެންމެ ކަމުދާ މަންޒިލަކީ ދިވެހިރާއްޖެއެވެ. އަދި އެމީހުން އެނިވާސަރީއަށް ވެސް އަންނާނީ ރާއްޖެއަށެވެ. މީގެ ކުރިން އެތަށް ފަހަރު ރާއްޖެއަށް ޒިޔާރަތް ކޮސްފައިވާ މި ދެމީހުންނަށް ރާއްޖެ ވަރަށްވެސް ކަމުދެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ވިކީއަށް ވުރެ ގިނައިން ކެޓްރީނާ ވަނީ ރާއްޖެއައިސްފައެވެ. މި ދެތަރިން ކައިވެނިކުރިފަހުން މަސައްކަތްތަކުގައި ބިޒީކަމުން އެކުގައި ވަގުތުހޭދަކޮށްލަން ޗުއްޓީއަކަށް އަދި ނުދެވެއެވެ.

ނަމަވެސް ކައިވެނި ކޮށްގެން ކުރު ހަނީމޫނަކަށް އެމީހުން ރާއްޖެއައި ކަމަށްވެއެވެ. ނަމަމަވެސް އެއީ ތެދު ދޮގު ވަކިނުވެ އޮތް ހަބަރެކެވެ. އެންމެ ފަހުން ވިކީ އާއި ކެޓްރީނާ ރާއްޖެއަށް އައީ ކެޓްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށް މިއަހަރުގެ މެދުތެރޭގައިއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

39، އަހަރުގެ ކެޓްރީނާ އާއި 34، އަހަރުގެ ވިކީ ކައިވެނި ކުރީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގައިއެވެ. މި މަހުގެ 9 ވަނަ ދުވަހުގައި ފާހަގަ ކުރާ އެމީހުންގެ ކައިވެނީގެ ފުރަތަމަ އެނިވަސަރީއަށް ރާއްޖެ އައުމަކީ ރާއްޖޭގައި ތިބި އެމީހުންގެ ފޭނުން ވަރަށް އުފާވާނެ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.