ގައްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ގައްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Author
ހުސެއިން
27 ނޮވެމްބަރ 2022 05:55
0

ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން ބުނެފައިވާގޮތުގައި ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ނޮވެމްބަރ 2022 ވަނަ ދުވަހުއެވެ. އެ ކުންފުނިން ހާމަ ކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދަނީ މިހާރު އޮތް ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތެވެ. އަދި މީގެ އިތުރުން ބަނދަރު ހެދުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންދެވިފައިވާ ކަމަށްވެސް އެމްޓީސީސީއިން ބުނެފައިވެއެވެ.

ގައްދޫ ބަދަތު ތަރައްގީކުރުމަށް ކުރިޔަށް ގެންދާ މިމަޝްރޫޢުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 42.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލު ކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާއިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.