ބެލަރޫސްގެ ފޮރިން މިނިސްޓަރު ލާޑިމިރު މަކެއި އުމުރުން 64 އަހަރުގައި މަރުވެއްޖެކަމަށް އަގައުމުގެ ގައުމީ ޓީވީ ބެލްޓާއިން ރިޕޯޓު ކޮށްފިއެވެ. އެހެންނަމަވެސް މަރުވި ސަބަބެއް ގައުމީ ޓީވީން ހާމަ ކޮށްފައެއް ނުވެއެވެ.
ބެލަރޫސްއަކީ ޔޫކުރެއިންއާއި ބޯޑަރު ހިއްސާކުރާ، އަދި މިހާރު ކުރެވެމުންދާ ޔޫކުރެއިން ހަނގުރާމާގައި ރަޝިއާއަަށް އެންމެ ބޮޑަށް ވާގިވެރިވަމުންދާ ގައުމުވެސް މެއެވެ.
އަދި އޭގެ އިތުރުން ބެރަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯވަނީ ޔޫކުރެއިންއަށް ހަމަލާ ދިނުމަށް އެގައުމުގެ ބިމުގެ ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
ބެލަރޫސްއަކި އެގައުމުގައި އެންމެ ފަހުން ބޭއްވުނު މިހާރުގެ ރައީސް އެ އިންތިޚާބު ކާމިޔާބު ކުރުމަށް އިންތިޚާބު އޮޅިވާޅާފައިވާކަމުގެ ތުހުމަތުގައި ހުޅަގުގެ ގައުމުތަކުން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމެއްވެސް މެއެވެ.
ކޮމެންޓު ފޮނުވާ