އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގަ ބަގުޑި ބައްދައިގެން ތިބި މީހުންނަށް، މިއަދު ރައްޔިތުން ބަސް ބުނަން ފެށީމަ، ފެންނަނީ އެކަން ހަޖަމް ނުވެގެން އުޅޭ މަންޒަރު ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލިހުގައި ކުރިޔަށްދިޔަ ބަޖެޓް ބަހުސް މަރުހަލާފައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވި ގޮތުގައި ފެށުނީއްސުރެ އެމްޑީޕީގަ ބަގުޑި ބެއްދި މީހުންނަށް ހަޖަމް ނުވެގެން އުޅެނީ، ރައްޔިތުންނަށް ޑިމޮކްރަސީ ދަސްވެ، އަމިއްލަ ފައިމައްޗަށް ތެދުވެ، ހިތުގަ އޮތް ވާހަކަ ބުނަން ފެށީމާ އެކަން ކަމުގައެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އެންމެ ބާރަށް ހަޖަަމްގެ ވާހަކަ ދެއްކި ޕާޓީ ކަމުގައެވެ. އަދި އެއީ ވަކިއާއިލާއަކަށް އެކަނި ވެރިކަން އޮވެގެން ނުވާނެކަމަށް ބުނެ، ވަކި އާއިލާއަކަށް ވަކި ގޮތަކަށް ކަންތައް ކުރެވިގެން ނުވާނެކަމަށް ބުނެ ނުކުތް ޕާޓީ ކަމުގައެވެ.
އެހެންނަމަވެސް އެޕާޓީގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް އަދި އެބޭފުޅާއާ އެއްކޮށް ތިއްބެވި ބޭފުޅުންނަށް މިއަދު ޑިމޮކްރަސީ ހަނދާން ނެތި، ކަލްޓަކަށް ބަދަލުވެގެން ދިޔައިމާ ރައްޔިތުން އެކަން ގަބޫލު ކުރާނެކަމަށް އުއްމީދުކޮށްގެން ތިބޭކަމަށްވަންޏާ އުއްމީދެއް ނޯންނާނެ ކަމުގައިވެސް ރޮޒޭނާ ވިދާޅުވިއެވެ.
އެކަމަކު އެމްޑީޕީގެ ރައީސަކަށް ހުންނަވާ ބޭފުޅަކަށް، އަދި އެބޭފުޅާއާ އެއްކޮށް ތިއްބެވި ބޭފުޅުންނަށް މިއަދު ޑިމޮކްރަސީ ހަނދާން ނެތި، ކަލްޓަކަށް ބަދަލުވެގެން ދިޔައިމާ ރައްޔިތުން އެކަން ގަބޫލު ކުރާނެކަމަށް އުއްމީދުކޮށްގެން ތިބޭކަމަށްވަންޏާ އުއްމީދެއް ނޯންނާނެ އިއްޒަތްތެރި ރައީސް.
އެމްޑީޕީގެ ރައީސް ނަޝީދަށާއި ނަޝީދަށް ތާއީދު ކޮށްގެން ތިބި މެމްބަރުނަށް އަމާޒުކޮށް ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގައި އެޕާޓީ ދެފެކްޝަނަކަށް ބެހިގެން ގޮސްފައި ވާއިރު، ޕާޓީގެ ނަޝީދު ފެކްޝަންގައި ތިއްބެވި ބޭފުޅުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވެގެން ގޮސްފައިވާ އެއް ބޭފުޅަކީ ރޮޒައިނާ އާދަމްއެވެ. އަދި އޭނާ ގެންދަވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
ކޮމެންޓު ފޮނުވާ