ރާއްޖެ އެތެރެކުރަން އުޅުނު 459 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 459 ގްރާމުގެ މަސްތުވާތަކެތި އަތުލައިގެންފި

Author
ޢަލީ އާދަމް
22 ނޮވެމްބަރ 2022 09:49
0

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 459ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ކުރިއަރ މެދުވެރިކޮށް މިމަހުގެ 10ވަނަދުވަހު އެމެރިކާއިން ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލެއްގެތެރެއިންކަމަށެވެ. ޝައްކުކުރެވިގެން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ވަނީ އެ ޕާރުސަލުން ފެނިފައިކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އެތަކެތި ފުރަތަމަ މަރުޙަލާގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ "ކެނަބިސް – ހާބަލް"އަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނާ ގޮތުގައި މި މަސްތުވާތަކޭތީގެ އަގު ތިން ލައްކަ ފަސްދޮޅަސް ހާސް ރުފިޔާއަށް އަރައެވެ. މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި އަތުލައިގަތް 5ވަނަ ފަހަރުކަމަށާ، މިއަހަރުގެ މިހާތަނަށް ޖުމުލަ 19.44 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވިފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.