"ސާކަސް" ގެ ޝޫޓިން ނިންމާލައިފި

"ސާކަސް" ގެ ޝޫޓިން ނިންމާލައިފި

Author
ފާތިމަތު ނާވީ
22 ނޮވެމްބަރ 2022 08:06
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ގެ ކުރިއަށް އޮތް ފިލްމް "ސާކަސް" ގެ ޝޫޓިން އެއްކޮށް ނިންމާލައިފިއެވެ. މި ފިލްމް އަކީ އަންނަ މަހުގެ 23 ގަިއ ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ.

ޕީރިއަޑް ކޮމެޑީ ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ސާކަސް" އަކީ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމްއެކެވެ. ފިލްމްގެ ސެޓުގައި  ޓީމާ އެކީ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑީއާގައި ހިއްސާކޮށް ރަންވީރު ވަނީ ޝޫޓިން ނިމުން ކަން ކަށަވަރު ކޮށްދީފައިއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

މިއީ ރަންވީރު ޑަބަލް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމެވެ. ފިލްމްގެ ޕޯސްޓަރު ތަކެއްވެސް މީގެ ކުރިން ވަނީ ބެލުންތެރިނަށް ދައްކައިލައިފައިއެވެ. "ސާކަސް" އަކީ މަޝްހޫރު އަދީބު ޝޭކްސްޕިއާގެ "ދަ ކޮމެޑީ އޮފް އެރާސް" އަސްލަކަށް ބަލައިގެން ހަދާފައިވާ ކޮމެޑީއެކެވެ.

މިއީ 2018 ގެ "ސިމްބާ" އަށް ފަހު ރޯހިތު އާއި ރަންވީރު އެކީގައި ގެނެސްދޭ އާ ޕްރޮޖެކްޓެވެ. ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ރޯހިތު ޝެއްޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރަންވީރާ އެކުގައި ފެނިގެންދާނީ ޖެކޮލިން ފެރްނާންޑޭޒާއި ޕޫޖާ ހެގްޅޭއެވެ. މީގެ އިތުރުން މި ފިލްމުން ގިނަ ތަރިން ތަކެއް ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ސަންޖޭ މިޝްރާ، ޖޯނީ ލިވާ، މުކޭޝް ތިވާރީ އަދި ސިދާތާ ޔާދަވް ފަދަ ތަރިން ހިމެނެއެވެ.

އަދި ފިލްމުގައި ހާއްސަ ފެނިލުމަކުން އަޖޭ ދޭވްގަން އާއި ރަންވީރުގެ އަންހެނުން، އެކްޓްރެސް ދީޕިކާ ޕަޑުކޯން ވެސް ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.