ފީފާ ވޯލްޑް ކަޕް 2022 ގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރު ބަލިކޮށް އެކުއެޑޯއިން ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތް ހުޅުވާ މެޗުގައި ގަތަރާއި އެކުއެޑޯ ބައްދަލުކުރިއިރު، މި މެޗު އެކުއެޑޯއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ ވަނީ ލަނޑު ޖަހާފައެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ.
އެކަމަކު މެޗުގެ 16 ވަނަ މިނެޓުގައި އެކުއެޑޯއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެލެންސިއާއެވެ. މިއީ ގަތަރުގެ އޭރިއާގެ ތެރެއިން އެކުއެޑޯގެ ކުޅުންތެރިއަކަށް ގަތަރުގެ ކީޕަރު އަލް ޝީބް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ވެލެންސިއާ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށްފަހު ވެސް އެކުއެޑޯއިން ވަނީ ފުލުފުލުގައި ގަތަރުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި ގަތަރުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ވެލެންސިއާއެވެ. މި މެޗުގެ ދެވަނަ ހާފުގައި ގަތަރުން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އެކުއެޑޯގެ ގޯލަށް ފޮނުވާލި ނަމަވެސް އެ ޓީމަށް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.
ގަތަރުން މުބާރާތަށް ކުރިމަތިލީ އެންމެ ފަހުގެ އޭޝިއާ ބައްރުގެ ޗެމްޕިއަނުންގެ ގޮތުގައެވެ. މީގެ ކުރިން ބޯލްޑް ކަޕް ގައި ނުކުޅުނު ނަމަވެސް، މިއަހަރުގެ މުބާރާތަށް އެޓީމުން ގިނަ ތައްޔާރީތަކެއް ވިއެވެ. އެހެން ނަމަވެސް ބައްރުތަކުގެ ކުޅުންތެރިންނާ ދެކޮޅަށް ގަތަރުގެ ތަޖުރިބާ މަދު ކަން ވަރަށް ބޮޑަށް މެޗުގައި ދެއްކިއެވެ. ގަތަރު ގައުމީ ޓީމުގައި ހިމެނެނީ މުޅިން ވެސް އެ ގައުމުގެ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އެއާ ހިލާފަށް އިކުއެޑޯ ޓީމުގައި ޔޫރަޕުގެ އެންމެ މަތީ ލީގުތަކުގެ ތަޖުރިބާ ހުރި ކުޅުންތެރިން ހިމެނެއެވެ.
ގަތަރު އަދި އެކުއެޑޯ ހިމެނޭ ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ ނެދަލަންޑްސް އަދި ސެނެގާލެވެ. މި ދެ ޓީމު ބައްދަލުކުރާނީ މާދަމާއެވެ. މި ދެ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 21:00 ގައެވެ.