ޝިޔާމް ރައީސަށް: އިއްޔެ މެންދުރުވީ ކަންތައް ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވާ!

ޝިޔާމް ރައީސަށް: އިއްޔެ މެންދުރުވީ ކަންތައް ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވާ!

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2020 10:52
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެން ދައުލަތުގެ ހިސާބުތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް އޮޅުވާލަން މަސައްކަތް ކުރެއްވިޔަސް އެކަމެއް މިއަދު ނުވާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ރައީސް ޞާލިހު ވަނީ ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންނާއި، އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަތަކަށް ވަރަށް ޖޯޝުގައި ޖަވާބު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތް މިއަދު ދަރާފައިވަނީ މިސަރުކާރުން ނަގާފައިވާ ދަރަނި ތަކަކުން ނޫންކަމަށެވެ. ދައުލަތް ދަރައިގެން އުޅެނީ ރައީސް ޔާމީންގެ ވެރިކަމުގައި ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރައި ނުދައްކަވައި ވެރިކަން ނިންމާލާފައި ދިއުމުން އެބުރަ މިސަރުކާރަށް ކުރިމަތި ވުމުންކަމަށެވެ.

ރައީސް ހޯރަފުށީގައި ދެއްކެވި ވާހަކަތާއި، ވެރިކަމާއި ހަވާލުވެ ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަތަކާއި ދިމާނުވެ، އިތުރުފުޅު ހައްދަވާފައިވާތީ ޝިޔާމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ މިއަދު ވާނުވާ އެނގޭ ތަންދޮރު އޮޅުންފިލާފައިވާ ބައެއްކަމަށެވެ. ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ ނިޔަތުގައި އިއްޔެ މެންދުރުވީކަންކަން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ނުކުރުމަށް ޝިޔާމް ވަނީ ގޮވާލާފައެވެ.

ހޯރަފުށީގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުން ފައިބައި ވަޑައިގެންނެވި އިރު ދައުލަތުގެ ދަރަނި ހުރީ 60 ބިލިޔަން ރުފިޔާގައިކަމަށެވެ. އަދި ރަސްމީ ރިޒާވުގައި ހުރީ އެންމެ 250 މިލިޔަން ޑޮލަރުކަމަށެވެ.

ރައީސް ހޯރަފުށީ އެއާޕޯޓް ހުޅުވި ރަސްމިއްޔާތުގައި މިފަދަ ގޮތަށް ވިދާޅުވެފައިވާއިރު، ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ މާގިނަ ދުވަހެއްނުވެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރައީސް ޔާމީން ވެރިކަމުން ފައިބައި ވަޑައިގެންނެވިއިރު ދަރަނި ހުރީ 47.9 ބިލިޔަން ރުފިޔާގައި ކަމަށެވެ. އަދި ރިޒާވްގައި 757.8 މިލިޔަން ޑޮލަރު ހުރިކަމަށެވެ. ރައީސްގެ މިވާހަފުޅާއި ހޯރަފުށީގައި ދެއްކެވި ވާހަތަކާއި ދިމާނުވާތީ ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ހޯރަފުށީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ރައީސް ޔާމީނު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިޔަން ރުފިޔާގައިކަމަށާއި އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގެންނވިއިރު ދައުލަތުގެ ދަރަނި 60 ބިލިޔަން ރުފިޔާއަށް އަރާކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރަށް މިހާތަނަށް އަދި ނެގުނީ 15 ވަރަކަށް ބިލިޔަން ރުފިޔާގެ ދަރަނިކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ދަރަނިއޮތީ 6.5 ބިލިޔަން ރުފިޔާގައިކަމަށާއި، 3 އަހަރަށްފަހު ވެރިކަމުން ވަކިވިއިރު އެއަދަދު 26 ބިލިޔަންރުފިޔާއަށް އަރާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.