ސިޔާސީ ވަޒީފާއާއި މަގާމް ބޭނުމެއް ނޫން: ސުމިތު

ސިޔާސީ ވަޒީފާއާއި މަގާމް ބޭނުމެއް ނޫން: ސުމިތު

Author
ހުސެއިން
15 ނޮވެމްބަރ 2022 06:54
0

އެމްޑީޕީ ޚަރާބު ކުރާތަން ބަލަން ނުހުންނާނޭ ކަމަށާއި، މިހާލަތުގައި ސިޔާސީ ވަޒީފާއާއި މަގާމް ބޭނުން ނޫން ކަމުގައި ޓުއަރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑައިރެކްޓަރ އަލީ ހާޝިމް (ސުމިތު) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތޭގައި އުފެދި ހުޅު ރޯވެފައިވާ ސިޔާސީ ކޯޅުންތަކާއެކު، މިހާރު ސޯޝަލް މީޑިއާގައި ފާޅުގައި ރައީސް ނަޝީދަށް ތާއީދުކޮށް ވާހަކަ ދައްކަން ފަށާފައި ސުމިތު މިހެން ވިދާޅުވެފައިވަނީ ނަޝީދުއާއި ބައެއް ފަރާތްތަކުން ދިމާ ކުރަމުންދާތީ އޭނާ ކުރި ޓުވީޓަކަށް ރައްދުދީ ކުރި ކޮމެންޓެއްގައެވެ.

އެމްޑީގެ އެކްޓިވިސްޓެއް ކަމަށްވާ ސުމިތު އޭނާގެ ކޮމެންޓުގައި ވިދާޅުވެފައިވަނީ މަގާމާއި ވަޒީފާ ބޭނުން ނޫންކަމަށާއި، މާދަމާ ގޭގައި މަޑުކޮށްލަން ބުންޏަސް އުފަލުން ގެއަށް ދާނޭ ކަމުގައެވެ.

ސުމިތު މިހާރުވަނީ ނަޝީދުގެ ދިފާއުގައި ފާޅުގައި ޓުވީޓު ކުރާން ފަށާފައެވެ. ސުމިތުއަކީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ސިޔާސީ ވަޒީފާތައް ދީފައިވާ އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރޭ ހިމެނޭ ފަރާތެކެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ރައީސް ސާލިހުގެ ސިޔާސަތުތަކަށް ތާއީދު ނުކުރާ ގިނަ ބަޔަކު ސިޔާސީ ވަޒީފާތަކުގައި ތިބިކަމުގެ ޝަކުވާ ގިނަބަޔަކު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު މިފަދަ އެއްވެސް ފަރާތެއް ވަޒީފާއިން ވަކިކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ސިޔާސީ ކޯޅުމުގައި ވަކި ފަޅިއެއް ނަގާ، ސަރުކާރުގެ ސިޔާސަތުތަކާއި ޚިޔާލު ތަފާތު އެތައް ބަޔަކު ސަރުކާރުގެ ސިޔާސީ އިސް ވަޒީފާތަކުގައި ތިބުމުގެ ސަބަބުން، ރައީސް ސާލިހުގެ ވައުދުތައް ފުއްދުމުގައި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވާކަމުގެ ޝަކުވާވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޅ ޅ
ތިއޮތީ ސަރުކާރުގެ ބަނޑއޮޑި ފަރަށްއަރާ ދެފަޅިއަށް ފަޅައިގެން ގޮއްސާ، ދެން އަތްޖަހާ! ޚިޔާލީފޮލާކައްކައިގެން މީހުނަށް ކާންދެވޭނީ ވަކި ވަރަކަށް، އިރުވާ ހަޅަތެރޭގާ ބުރާލާނެ ވަރަށް ވެސް ގަދަ ކޮޅިގަނޑެއް ނަގާ ބޯމަތިވެފަ ތިއޮތީ، ތި ކޮޅިގަނޑުގެ ބާރުމިން ދެމިގެން ދާނެ ހުޅަނގުގެ ވިއްސާރައިގެ ޖުންޖުލާއާ ހަމައަށް އެހިސާބުން ފެންނާނީ ކަފައަށްވެގެން ބުރަބުރައިގެންދާތަން.