"ބާޕް އޮފް އޯލް ފިލްމްސް" ފަސްޓްލުކް ދައްކާލައިފި

"ބާޕް އޮފް އޯލް ފިލްމްސް" ފަސްޓްލުކް ދައްކާލައިފި

Author
ފާތިމަތު ނާވީ
16 ނޮވެމްބަރ 2022 06:07
0

"ބާޕް އޮފް އޯލް ފިލްމްސް" ގެ ފަސްޓްލުކް ދައްކާލައިފި އެވެ. މި ފިލްމުގެ ތަރިންނަކީ ސަނީ ޑިއޯލް އާއި ސަންޖޭ ދަތާއި ޖެކީ ޝްރޮފްގެ އިތުރުން މިތުން ޗަކްރަބަތީ އެވެ.

މިހާތަނަށް ބޮލީވުޑްގައި ހަދާ އެންމެ ވަރުގަދަ އެކްޝަން ފިލްމުގެ ސިފަކޮށް "ބާޕް އޮފް އޯލް ފިލްމްސް" ހަދަން އުޅޭކަން އިއުލާން ކުރީ މި އަހަރުގެ ކުރީކޮޅުގައިއެވެ. އަދި ފަސްޓް ލުކް ދައްކައިލި އިރުގައިވެސް ފިލްމްގައި އެކްޝަން ފެނިގެންދާނެ ވަރު ތަސައްވަރުކޮށްލެވެއެވެ.

މި 4 ތަރިންނަކީ އެކްޝަން ލެޖެންޑުންގެ ގޮތުގައި މަޝްހޫރު ހަތަރު އެކްޓަރުންނެވެ. މި ތަރިންނަކީ 90 ގެ ތެރޭގައި ބޮލީވުޑްގައި އެންމެ ގަދަ އަށް ވިދި އެކްޝަން ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރުންނެވެ.

 

View this post on Instagram

 

A post shared by Zee Studios (@zeestudiosofficial)

މި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ވިވެކް ޗޯނެވެ. ޒީ ސްޓޫޑިއޯސްގެ ތަތްގަނޑުގައި. ނެރުމަށް ހަމަޖެހިފައިވާ މި ފިލްމް ރިލީޒް ކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.