ބަޖެޓުން ކޯވިޑް 19އިން އަރައިގަތުމަށް އެހީތެރި ވެދޭނެ: ސައުދު

ބަޖެޓުން ކޯވިޑް 19އިން އަރައިގަތުމަށް އެހީތެރި ވެދޭނެ: ސައުދު

Author
ހުސެއިން
11 ނޮވެމްބަރ 2022 07:27
0

ސަރުކާރުން 2023 އަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުން ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް އެހީތެރި ވެދޭނެ ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުالله އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާއެކު އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށާއި، މި ބަޖެޓުން ގައުމީ ތަރައްގީއާއި އިޖްތިމާއި ކަންކަމަށް ހުރި ހުރަސްތައް ނައްތާލުމަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ކޯވިޑްގެ ހާލަތުގައިވެސް ސަރުކާރުން ކަންކަން މެނޭޖްކުރީ ވަރަށް ހަރުދަނާކޮށް ކަމަށާއި، އަދި އެކަމަށްޓަކާ ގިނަ ބަޔަކު ސަރުކާރަށް ތައުރީފްވެސް ކުރަމުންދާ ކަމުގައެވެ.

ސައުދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއެކު، ކޯވިޑްގެ ކުރިން އިގްތިސާދު އޮތް ހާލަތަށް އިއާދަ ކުރެވޭނެ ކަމަށާއި އިގްތިސާދަށް އަންނަ ކުރިއެރުންތަކާއެކު އޭޝިޔާގައި އެންމެ ބާރަށް ކުރިއަރާ އިގްތިސާދަށް ރާއްޖޭގެ އިގްތިސާދު ވެގެން ގޮސްފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.