ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި މެދުތެރެއަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި މެދުތެރެއަށް ހުދު ސަމާލު ނެރެފި

Author
އަހުމަދު
11 އޮގަސްޓް 2026 08:37
0

ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 5:15 އިން ފެށިގެން 11:00 އާ ހަމައަށް ދެމިގެންދާ މި ސަމާލުގެ ވަގުތުތަކުގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ ނެރުނު ބަޔާނުގައިވެސް ވަނީ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކޮށްފައެވެ.

އެހެންކަމުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.