ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް

ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް

Author
މުޙައްމަދު ޝަޒައިމް
09 ނޮވެމްބަރ 2022 08:34
0

އއ.ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ފެރިދޫ ކައުންސިލަށް ހޮވުނު ފަސް މެމްބަރުންނަކީ ވެސް މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވައިގެން ހޮވިފައިވާ މެމްބަރުންނެވެ. މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންސިލްގެ ރައީސް ވަނީ ކައުންސިލްގެ ހަތަރު މެމްބަރުން ހިމެނޭހެން 50 މީހުންގެ ފޯމު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އާ ހަވާލުކޮށްފައެވެ. އެ ކައުންސިލްގައި ބާކީ ހުންނެވި މެމްބަރު ވަނީ މީގެ ކުރިން އެ ޕާޓީއަށް ސޮއިކުރައްވާ ފައެވެ.

ފެރިދޫ ކަންސިލް މެމްބަރުން އެމްޑީޕީއަށް ސޮއި ކޮށްފައިވަނީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އެރަށަށް ނުކޮށްދޭހާ ގިނަ މަައްކަތްތައް މިސަރުކާރުން ކުރަމުންދާތީއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެރަށުގެ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރުމަށް ހަމަޖެހިފައިވާތީއެވެ.

ސަރުކާރުން ގެންދަނީ ފެނާއި ނަރުދަމާގެ މަޝްރޫއާއި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.