ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއަށް ދިވެހި ސިފައިންނަކީ "ފިނދަނަ ތަކެއް"ގެ ގޮތުގައި ސިިފަކުރައްވާ ދައްކަވާފައިވާ ވާހަކަތަކަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީން ހޫނު ރައްދެއް ދެއްވައި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ރޭ އޮތް ޕީޕީއެމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މިހާރު ސަރުކާރުގައި ތިބި މީހުންނާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީޑީ ސިފައިންނަށް ކުރި ގޯނާ ހަނދާން ނެތުނީތޯ ސުވާލުކުރައްވާފައެވެ. ރައީސް ޔާމީން ވިދާލުވީ މިނިސްޓަރ މާރިޔާ ކަނާތުފައި އިސްކުރައްވާ ސިފައިންގެ އެހީތެރިކަމާއި ނުލައި ވައަތުފައި ހިއްލާވެސް ނުލެވޭކަމަށެވެ.
ސިފައިންނަށް ކުރި ގޯނާ މިއަދު މާރިޔާ ހަނދާން ނެތުނީތޯ. ސިފައިންނަށް އެމީހުން ކުރި ގޯނާ މިއަދު އެމީހުން ހަނދާން ނެތުނީތޯ؟ އެކަމު މިއަދު މާރިޔާއަށް ކަނާތުފައި އިސްކޮށްފަވައަތުފައިވެސް ހިއްލާ ނުލެވޭ ސިފައިންގެ މީހެއްގެ އެހީތެރިކަމާއެކު ނޫޫނިއްޔާ. މިހާވަރަށްދޯ ދެން ލަދުގަންނަންވާނީ. މިހާވަރަށް ނޫންތޯ ފަޟީހަތްވާންވާނީ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
މިރާއްޖޭގެ ފުލުހުންނާ ސިފައިންނަކީ ފިނދަނަ ތަކެކޭ ބުނި ފިނޑި @MariyaDidi އަަށް ރައީސް ޔާމީންގެ ރައްދު. @prz_ymn pic.twitter.com/7WzQDbfK6t
— Soofi (@maaaaash17) November 7, 2022
ރައީސް ޔާމީން މިހެން ވިދާޅުވެފައި މިވަނީ، ނޮވެމްބަރ 3ގެ އުސުވާނުގެ ހަމަލާގައި ދިވެހި ސިފައިން ޤައުމަށްޓަކައި ވި ޤުރުބާނީއަށް ކުޑައިމީސްކޮށް މިނިސްޓަރ މާރިޔާ ކުރިން ވާހަކަފުޅު ދައްކަވާފައިވާތީއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ އެމްޑީޕީ އިން ހއ.ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ތިރީހަކަށް ތަމަޅައިން އައީމަ އެމީހުންނަކީ ހަތިޔާރު އަޅައިގެން ތިބި ބަޔެކޭ ކިޔާފައި ދިވެހި ސިފައިން ފިލިކަމަށެވެ.
އެ ޖަލްސާގައި މާރިޔާ ވަނީ ސިފައިން ފިދަނަތަކެއް ފަދައިން ފިލީކަމަށް ސިފަކުރައްވާ ދިވެހި ސިފައިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އެކަމަނާއަށް އަމާޒުވެގެންވެސް ދިޔައެވެ.
ކޮމެންޓު ފޮނުވާ