އެމީހުން ބުނަނީ ރާއްޖެއަކީ މިހާރު "އައު މުމްބާއީ" ކަމަށް! ނުބުނެވޭ ވަރެއް ވެސް ނޫންތާ؟

އެމީހުން ބުނަނީ ރާއްޖެއަކީ މިހާރު "އައު މުމްބާއީ" ކަމަށް! ނުބުނެވޭ ވަރެއް ވެސް ނޫންތާ؟

Author
ޢަލީ އާދަމް
21 ނޮވެމްބަރ 2020 06:12
0

ފާއިތުވި މަހެއްހާ ދުވަސް ވެގެން މި ދިޔައީ އިންޑިއާގެ ފިލްމީ ތަރިން ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުންދާ ޚަބަރު ތަކުން މީޑިއާތަށް ފުރިގެން ދިޔަ މަހަކަށެވެ. ކޮންމެ ދުވަހަކު ކަހަލަގޮތަކަށް ބޮލީވުޑްގެ ތަރިޔަކު ރާއްޖޭގައި ޗުއްޓީހޭދަކުރާ ވާހަކަތަކާއި އެމީހުންގެ ޗުއްޓީތަކުގެ ރީތި މަންޒަރުތަށް މީޑިއާތަކުގައި ދައުރު ވެގެންދެއެވެ. މުޅި މީޑިއާގައި އޮތީ ރާއްޖޭގެ ވިލު ނޫކުލައިގެ މޫދު ތަކެވެ.

 

View this post on Instagram

 

A post shared by disha patani (paatni) (@dishapatani)

ބައެއް މީޑިއާތަކުން މިހާރު ރާއްޖެއަކީ "އައު މުމްބާއީ" ގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. މީގެންވެސް އެނގިގެން މި ދިޔައީ ޗުއްޓީ ހޭދަކޮށްލުމަށް އިންޑިއާގެ މީހުންގެ މެދުގައި ރާއްޖެއަށް އޮތް މަޤްބޫލުކަމެވެ. މައިގަނޑު އެއް ސަބަބެއް ކަމަށް ބެލެވެނީ އިންޑިއާގެ ނުފޫޒުގަދަ ތަރިން ރާއްޖެއައިސް، މިލިއަނުން މީހުން ފޮލޯ ކުރަމުންދާ އެމީހުގެ ސޯޝަލް މީޑިއާއެކައުންޓް ތަކުން އަޕްލޯޑް ކުރަމުންދާ ރާއްޖޭގެ ރީތި ފޮޓޯތަކެވެ.

 

View this post on Instagram

 

A post shared by VarunDhawan (@varundvn)

މީގެ ހަފްތާއެއް ހާ ދުވަސް ކުރިން މި މަހުގެ 11 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުގައި ރާއްޖެއަށް މިމަހު އެންމެ ގިނައިން މީހުން ދަތުރުކުރި ޤައުމުތަކުގެ ލިސްޓުގައި އިންޑިއާ އޮތީ 5 ވަނާގައެވެ. އިންޑިއާއިން މަހުގެ ފުރަތަމަ 11ގައި ރާއްޖެއައީ 3418 މީހުންނެވެ. ނަމަވެސް ހަފްތާއެއް ފަހުން މި އަދަދު މިމަހުގެ 18 ވަނަދުވަހާއި ހަމައަށް މިވަނީ 5449 އަށް އިތުރުވެ، މިމަހު ރާއްޖެއަށް އެންމެ ގިނައިން މީހުން ދަތުރުކުރި ޤައުމުތަކުގެ ލިސްޓުގެ 2 ވަނައަށް އިންޑިއާ ޖެހިލާފައެވެ.

 

View this post on Instagram

 

A post shared by Neha Dhupia (@nehadhupia)

މި ފާއިތުވި މަހެއްހާ ދުވަސް ތެރޭ ރާއްޖެއައިސް ރާއްޖޭގެ ރީތި ފޮޓޯތަށް ސޯޝަލް މީޑިއާއިން އެ ތަރިންގެ ފޭނުންނަށް ދައްކާލި ތަރިންގެ ތެރޭގައި، ނޭހާ ދުޕިއާގެ އާއިލާ، ޑިޝާ ޕަޓާނީ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރޭ ޓައިގާ ޝްރޮފް، ތާރާ ސުތާރިއާ އާއި އޭނާގެ ލޯބިވެރިޔާ އާދަރް ޖެއިން، ފަރްހާން އަޚްތަކުގެ އާއިލާ، ރަކުލް ޕްރީތު، ވަރުން ދަވަން، ކެޓްރީނާ ކައިފް، ބާދްޝާހް، މަންދީރާ ބޭދީގެ އިތުރުން ކާޖަލް އަގަރުވާލް ފަދަ ތަރިން ހިމެނެއެވެ.

 

View this post on Instagram

 

A post shared by Mandira Bedi (@mandirabedi)


މި ތަރިންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބަޔަކަށް ރާއްޖޭގެ ރީތިކަން މިވަނީ އިޝްތިހާރު ވެގެން ގޮސްފައެވެ. މިއީ މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.