ނަސްރުގެ ދުވަހުގެ ޕެރޭޑް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކުޅުދުއްފުއްޓަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރު ކުރީ ކުޅުދުއްފުށި ސިޓީއަށް މިނިސްޓަރު މާރިޔާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލްގެ މެންބަރުންނެވެ. އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފުވެސް އެ ކަމަނާއަށް މަރުހަބާ ދެންނެވުމުގައި ބައިވެރިވެފައިވެއެވެ.
ކުޅުދުއްފުށި ސިޓީގައި ނަސްރުގެ ދުވަހާ ގުޅުވައި މިއަދު އެމްއެންޑީއެފް އިން ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަދު ހަވީރު ކުޅުދުއްފުށީ އަމީނީ މަގުގައި، ސިފައިންގެ ޕެރޭޑް އޮވެއެވެ. އަދި މިރޭ ކުޅުދުއްފުށީ "ރަށްމަތި ފަންނު" ބީޗް ސަރަހައްދުގައި ހަވާ އެރުވުމަށްވެސް ހަމަޖެހިފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އަދި އެމް.އެން.ޑީ.އެފް އާއިއެކު ސިޓީ ކައުންސިލަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި އެމް.އެން.ޑީ.އެފް ކުޅުދުއްފުށީ ޕޯސްޓް އާއި ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެވިފައިވޭ pic.twitter.com/Y6UOY9yWqS
— Kulhudhuffushi City Council (@kfcitycouncil) November 4, 2022
މާރިޔާ ކުޅުދުއްފުއްޓަށް ވަޑައިގެންފައިވާއިރު، ނަސްރުގެ ދުވަހާއި ގުޅިގެން ވޭއްވި ޖަލްސާ ބާއްވާފައިވަަނީ ރޭގައެވެ. މާރިޔާގެ މިދަތުރުފުޅުގައި މިއަދުވަނީ ކުޅުއްފުށި ސިޓީ ކައުންސިލާއި ބައްދަލު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ