ފަހުމެޗުން މޮޅުވެ، އެއްވަނައިގައި އާސެނަލް ދެވަނަބުރަށް

ފަހުމެޗުން މޮޅުވެ، އެއްވަނައިގައި އާސެނަލް ދެވަނަބުރަށް

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2022 11:46
0

ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި 1-0 ން ޒިިޔުރިކް ބަލިކޮށް, އާސެނަލްއިން ދެ ވަނަ ބުރުގެ ޖާގަ ޔަޤީންކޮށްފިއެވެ.

ގްރޫޕްގެ ފަހު މެޗުގައި ޒިޔުރިކް ކޮޅަށް ހަމައެކަނި ގޯލް ޖެހީ ޓިއާނޭއެވެ. އޭނާ 20 ޔާޑުން ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ކަނާތް ފަރާތު ކަނަށެވެ. މިއީ މިސީޒަންގެ ހުރިހާ މުބާރާތްތަކެއްގައި 12 މެޗުން ހޯދި 10 ވަނަ މޮޅެވެ. ޕްރިމިއަރ ލީގު ތާވަލްގެ އެއް ވަނައިގައި ވެސް އޮތީ އާސެނަލްއެވެ.

އާސެނަލް ދެ ވަނަ ބުރު ޔަޤީން ކުރީ ހަ މެޗުން 15 ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނަ ކަށަވަރުކޮށްގެންނެވެ. ގްރޫޕްގެ ދެ ވަނަ ލިބުނީ 13 ޕޮއުންޓާ އެކު ޕީއެސްވީ އެއިންދޯވަންއަށެވެ. ޕީއެސްވީން ވަނީ ފަހު މެޗުގައި 2-1 ން ބޯޑޯ ބަލިކޮށްފައެވެ.

މެޗަށްފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ މިއީ އާސެނަލްގެ އެންމެ މޮޅު މެޗު ނޫން ކަމަށާއި, އެކަމަކު މެޗުން މޮޅުވުމުން ހިތްހަމަޖެހިއްޖެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.