ފޯޅަވަހި މައްސަލާގައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ފެށުމަށް ގޮވާލާ، އެންއެމްޕީގެ ސިޓީއެއް ރައީސަށް!

ފޯޅަވަހި މައްސަލާގައި، ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ފެށުމަށް ގޮވާލާ، އެންއެމްޕީގެ ސިޓީއެއް ރައީސަށް!

Author
މުޙައްމަދު ޝަޒައިމް
01 ނޮވެމްބަރ 2022 08:32
0

ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޮސް އައިލެންޑްސް ނުވަތަ ފޯޅަވަހި މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ކަނޑައެޅުމާއި ތަންފީޒު ކުރުމަށް ސިޔާސީ ޕާޓީތައް ބައިވެރި ކުރުމަށް އެދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ސިޓީއެއް ފޮނުވައިިފިއެވެ.

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި، ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯޒް އައިލެންޑްސް އެ ގައުމުގެ ތަނެއްގެ ގޮތުގައި ބޭއްވުމާއި މެދު ރާއްޖެއިން ދެކެމުން އައި ގޮތް ބަދަލުކޮށް މޮރިޝަސް އާ އެއްކޮޅަށް ވޯޓު ދިނުމަށް ނިންމާފައިވާކަން ރާއްޖެއިން ވަނީ ހާމަކޮށްފައެވެ.

ޗާގޯސް މައްސަލާގައި ބޮޑެތި ޚިޔާލް ތަފާތުވުން އޮތް މިދަނޑިވަޅުގައި އެމްއެންޕީން ވަނީ ޤައުމީ މިފަދަ މައްސަލަތަކުގައި ޤައުމުގެ ހުރިހާ ރައްޔިތުންގެ އަޑު އެހުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަން ފާހަގަކޮށްފައެެ. ޚާއްސަކޮށް ޤައުމި ފަދަ ބޮޑު މައްސަލައެއްގެ ތެރެއަށް ސިޔާސީ ޕާޓީތައް ވައްދައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއި ޚިޔާލު ހޯދުމަކީ ކުރަންޖެހޭ ކަމެއްކަމުގައި ދެކޭކަމަށް އެމްއެންޕީން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެމްއެންޕީން ބުނީ ސިޔާސީ ވާދަވެރިކަމަކީ މުޅިން އެހެން ކަމެއްކަމަށާއި، ޤައުމީ މިފަދަ ބޮޑު މައްސަލަތަކުގައި މަސައްކަތް ކުރާނީވެސް އަދި ކުރަންޖެހޭނީވެސް އެންމެން އެކަތިގަނޑަކަށް ވެގެންކަމަށެވެ.

ޗާގޯސް މައްސާލާގައި ދިވެހި ދައުލަތުގެ ނިންމެވުންތަކަށް ވާސިލްވުމުގެ ކުރިން ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާކުރުމަށް މިޕާޓީން މަނިކުފާނަށް ހުށަހަޅަން. މިހެން މި ހުށަހަޅަނީ ސިޔާސީ ވާދަވެރިކަން ދުރައްޖައްސައި، ދިވެހިރާއްޖެއާއި ދިވެހިންގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ޚިޔާރުކުރުމުގެ އިތުރުން މިއީ ރާއްޖެއިން ތަންފީޒުކުރާ ސިޔާސަތުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރެވޭނެ ގޮތެއްކަމަށް ދެކެން.

– އެމްއެންޕީން ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެމްއެންޕީ އިން ބުނެފައިވަޏީ ދިވެހިންނަށް ކުރިން ކަން ހިގާފައިވަނީ ކިހިނެތްކަން އެނގޭނަމަ އެ ސަރަހައްދުގެ މައްޗަށް ރާއްޖެއިން ދައުވާ ކުރުމަށް ސަރުކާރުގައި ރައްޔިތުން އެދޭނެ ކަމަށެވެ. ސަރުކާރުން މި މައްސަލާގައި ކަން ކުރަމުންދާ ގޮތުން ކަންބޮޑުވުން ފާޅުކޮށް. އެމްއެންޕީން ވަނީ، ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް ފޮނުވި ސިޓީ އާންމުކޮށްފައި ނުވާ ކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށް ބުނެފައެވެ.

ސަރުކާރުން މި މައްސަލާގައި ކަންކުރަމުންދާ ގޮތުގެ ސަބަބުން އާ ސިޔާސަތުގެ ނަޒާހަތްތެރިކަމާމެދު އެ ޕާޓީން ވަނީ ސުވާލު އުފައްދާފައެވެ. ރައީސަށް މިއަދު ހުށަހެޅި ސިޓީއަކީ ސިޔާސީ ވާދަވެރިކަން ދުރަށް ޖައްސާ ރާއްޖެ އާއި ދިވެހިންނަށް އެންމެ ރަނގަޅު ގޮތް ހިޔާރު ކުރުމުގެ އިތުރުން މިއީ ނަޒާހަތްތެރިކަންވެސް ކަށަވަރު ކުރެވޭނެ ގޮތަކަށްވާނެތީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ދެކުނުން އޮންނަ އޮތް ޗާގޮސް ނުވަތަ ފޯޅަވަހީގެ ކަނޑުގެ ސަރަހައްދާ ރާއްޖެއާއި ފުށޫއަރާކަމަށް ބުނާ މައްސަލައިގައި މޮރިޝަސްއިން އެދޭ ގޮތަށް ދޫނުދޭނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ޗާގޮސްގެ މައްސަލައާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ހުށައަޅާ ގަރާރަށް ރާއްޖެއިން ދެކޮޅު ނުހެދިނަމަވެސް، ކަނޑުގެ އިމުގެ މައްސަލާގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަށް ރާއްޖޭން މޮރިޝަސް އަށް ދޫނުދޭނެކަން އެޤައުމުގެ ސަރުކާރަށް އަންގާފައި ވާނެކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.