2018 ވަނަ އަހަރު ގައި ރިލީޒް ކުރި ހޮރޯ-ކޮމެޑީ "ސްތިރީ" ގެ ދެވަނަ ބައެއް ހަދަން އުޅޭ ކަން އިއުލާން ކުރީ މިއަހަރުގެ މެދު ތެރޭގައިއެވެ. މި ފިލްްމްގެ ލީޑުން ފެނިގެންދާނީ "ސްތިރީ" ގެ ލީޑުން ވެސް ފެނިގެން ދިއަ ބަތަލާ ޝްރައްދާ ކަޕޫރެވެ.
"ސްތްރީ" އަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމްއެކެވެ. މި ފިލްމްގެ ލީޑުން ޝްރައްދާ އާއި އެކުގައި ފެނިގެން ދިއައީ ރާޖް ކުމާރު އާއޯއެވެ. އަދި ދެވަނަ ފިލްމް އިން ވެސް ފެނިގެންދާނީ އޭނާ ކަމަށް ވެއެވެ.
ނަމަވެސް މިހާރު ފިލްމް އަށް ވަނީ ޓްވިސްޓްއެއް އައިސްފައިއެވެ. އެއީ "ސްތިރީ" ގެ ލީޑަށް ރާޖް އާއި އެކުގައި އިތުރު އެކްޓަރު ގެންނަން އުޅޭކަމަށް މިހާރު ވަނީ އަޑުއަރައިފައިއެވެ.
އެގޮތުން ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ ޕިންކް ވިލާއިން ބުނި ގޮތުގައި ޝްރައްދާ އާއި އެކުގައި މި ފިލްމްގެ ލީޑުން ދެ އެކްޓަރުން ފެނިގެން ދާނެއެވެ. އެއީ ރާޖް ގެ ިއިތުރުން ވަރުން ދަވަން އެވެ.
އަމަރު ކޯޝިކް ޑައިރެކްޓުކުރި މި ފިލްމްގެ ކާސްޓުން ޝްރައްދާ އާއި ރާޖް ކުމާރުގެ އިތުރުން ޕަންކަޖް ތްރިޕާޓީ އަބިޝޭކް ބެނަޖީރް އަދި އަޕަރްޝަކްތީ ކުރާނާ ފެނިގެން ދެއެވެ. ފިލްމް ރިލީޒް ކުރީ 2018 ވަނަ އަހަރުގައިއެވެ.
ޝްރައްދާ ވަނީ ވަރުން ގެ ކުރިއަށް އޮތް ފިލްމް "ބޭޅިޔާ" ގެ ފުރަތަމަ ލަވަ ދޫކޮށްލި އިރުގައި އެލަވައިން ވަރުން އާއި އެކުގައި ފެނިގެން ގޮަސްފައިއެވެ. އެހެންކަމުން ޝްރައްދާގެ "ސްތިރީ" އިން ވަރުން ފެނިގެންދިއުމަކީ ވަރަށް ގާތް ކަމެއް ކަމަށް ގިން ބަޔަކު ގަބޫލު ކުރެއެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ "ސްތިރީ" އަދި "ބޭޅިޔާ" ގެ ޑައިރެކްޓަރަކީ މިފަދަ ފިލްމް ތަށް ގެނެސްދޭ ކުޅަދާނަ ޑައިރެކްޓްރު އަމަރް ކޯޝިކްއެވެ. އެހެން ކަމުން ފިލްމް އިން ވަރުން ފެނުމަކީ ވަރަށް ގާތް ކަމެކެވެ. "ބޭޅިޔާ" ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 25 އަށެވެ.