2018 ވަނަ އަހަރު ކައިވެނި ކުރި ބޮލީވުޑްގެ އޭލިސްޓްގެ ދެތަރިން ކަމުގައިވާ ރަންވީރް ސިންގް އާއި ދީޕިކާ ޕަޑުކޯނަށް މިހާތަނަށް އަދި ދަރިއަކު ލިބިފައިއެއް ނުވެއެވެ.
އެމީހުންނަށް ވުރެ ފަހުން ކައިވެނި ކުރި ބައެއް ތަރިންނަށް މިހާރު ދަރިން ލިބިއްޖެއެވެ. އަދި ބައެއް ތަރިން ތިބީ އަލަތު ދަރިފުޅަށް ބަލިވެއެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރުގެ އަންހެނުން އާލިއާ ބަޓެވެ. އެދެމަފިރިންނަށް ވަރަށް އަވަހަށް ދަރިއަކު ލިބޭނެއެވެ. މިއަހަރު ކައިވެނި ކުރި މި ދެތަރިން ކައިވެންޏަށް ދެމަހުގައި ވަނީ ބަނޑުބޮޑުކަން އިއުލާން ކޮށްފައެވެ.
ދީޕިކާ އާއި މިހާރު އެންމެ ގިނައިން ކުރެވޭ އެއް ސުވާލަކީ ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ ކުރެވޭ ސުވާލުކަމަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފައެވެ.
އަދި މިވާހަކަ ތަކަށް ރައްދު ދެމުން ދީޕިކާ ބުނެފައިވަނީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 3 ކުދިން ހޯދުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެއް އަދި އުންމީދެއް ކަމަށެވެ.
މި ދޭތެރެއަކުން ދީޕިކާ އާއި ރަންވީރުގެ ކައިވެނި ރޫޅަލަން އުޅޭކަމަށް ބުނެ މީޑިއާގައި ވަނީ ވަރަށް ބޮޑަށް އެވާހަކަތަށް ދައްކައިފައިއެވެ. ނަމަވެސް އެމީހުގެ ފަރާތުން މިކަމަށް ވަނީ ރައްދު ދީފައިއެވެ. އަދި އެމީހުން ވަކިވާން ނޫޅޭ ކަމަށް ވަނީ ބުނެފައިއެވެ.
ދީޕިކާ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ފައިޓާ"ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމްގައި ދީޕިކާ ފެނިގެންދާނީ ރިތިކް ރޯޝަން އާއި އެކުގައިއެވެ. މީ މިދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމްއެވެ.
އަނެއްކޮޅުން ރަންވީރުގެ އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ސާކަސް"ގެ މަސައްކަތް ކުރަމުންނެވެ. މިފިލްމްއަކީ ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ފިލްމްއެކެވެ. ފިލްމްގައި ރަންވީރު ފެނިގެންދާނީ ޑަބަލް ރޯލަކުންނެވެ. ފިލްމްގެ ކާސްޓްގައި ރަންވީރާއި އެކުގައި ފެނިގެންދާނީ ޖެކުއަލިން ފެނާންޑޭޒް، ޕޫޖާ ހޭގްޅޭ އަދި ވަރުން ޝަރުމާއެވެ.