"ފޯން ބޫތު" ކުޅުނު ފަހުން ކެޓްރީނާ، ވިކީ ހޭލައްވަނީ މިހެން

"ފޯން ބޫތު" ކުޅުނު ފަހުން ކެޓްރީނާ، ވިކީ ހޭލައްވަނީ މިހެން

Author
ފާތިމަތު ނާވީ
30 އޮކްޓޯބަރ 2022 07:06
0

ހޮރޯ ކޮމެޑީ ފިލްމު "ފޯން ބޫތް"ގެ ބަތަލާ ކެޓްރީނާ ކައިފް އޭނާގެ ފިރިމީހާ އެކްޓަރު ވިކީ ކޯޝަލް ނިދިން ހޭލެއްވުމަށް ތަފާތު އުކުޅެއް ދަސްކޮށްފިއެވެ.

ކެޓްރީނާ ވަނީ އޭނާ އަލަށް ދަސްކުރި މި ކަންތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. މި ވީޑިއޯގައި ބިރުވެރި އަޑަކުން ތިމަންނާއީ ޖިންނިއެއް ކަމަށް ބުނުމާއި އެކުގައި ނިދި މޫނަކާއި އެކުގައި ވިކީ އަށް ހޭލެވެއެވެ.

ނަމަވެސް އޭނާ ލޯހުޅުވައި ބަލާލުމަށްފހު އަލުން މުޅި މޫނު ނިވާވާހެން ގައިގައި ރަޖާ އަޅައެވެ. މީ ކެޓްރީނާގެ ފިލްމްގެ ޕްރޮމޯޝަން އަށް ކުރި ކަަމެއް ކަމެއް ނުވަތަ ނޫން ކަމެއް ނެގެއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

އަންނަ މަހުގެ 4 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓައިންމަންޓަށް ގުރްމީތު ސިންގް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ކެޓްރީނާ އާއެކުގައި ފިލްމުގެ މައިގަނޑު ކާސްޓްގައި ދެން ހިމެނެނީ ޒުވާން ދެ ތަރިންނެވެ. އެއީ ޒުވާން އެކްޓަރު އިޝާން ޚައްޓަރު އާއި ސިދާންތު ޗަތުރުވެދީއެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

މިދިޔަ އަހަރުގެ ޑިސެމްބަރު 9 ގައި އެކްޓަރ ވިކީ ކޯޝަލާ ކައިވެނި ކުރިފަހުން މިއީ ސިނަމާ ތަކަށް އަންނަ ކެޓްރީނާގެ ފުރަތަމަ ފިލްމެއެވެ. އެންމެ ފަހުން ކެޓްރީނާ ފެނިގެން ގޮސްފައިވަނީ "ސޫރްޔަވަންޝީ"އިން އަކްޝޭ ކުމާރާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.