ޕޯސްޓުން އެތެރެކުރި 2 މިލއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

ޕޯސްޓުން އެތެރެކުރި 2 މިލއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

Author
ހުސެއިން
27 އޮކްޓޯބަރ 2022 03:48
0

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2 މިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުވެފައިވަނީ މިތަކެތި އަތުލައިގަނެވިފައިވަނީ ޕޯސްޓު މެދުވެރިކޮށް ރާއްޖެއައި ޕާރުސަލްތަކެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމުގައެވެ. އަދި ބަލާ ފާސްކޮށްފައިވަނީ ނެދަރލޭންޑުން ރާއްޖެއައި ޕާރުސަލްތަކެއް ކަމަށްވެސް ކަސްޓަމްސްއިން ބުނެފައި ވެއެވެ.

އެ ޕެކޭޖްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ތަކެތި ހުރި ޕެކެޓްތަކެކެވެ. ކަސްޓަމްއިން ބުނެފައިވަނީ މި ޕެކެޓްގައި ހުރި ތަކެތި މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މިތަކެތީގެ ބަރުދަނުގައި 1008.87 ގްރާމް ހުރިކަމަށެވެ.

އަތުލައިގަނެވުނު މި ތަކެތީގެ މަގުމަތީ އަގު 2 މިލިއަން ރުފިޔާއަށް އަރައެވެ. މިމައްސަލާގައި ޝައްކު ކުރެވޭ އެކަކު ހައްޔަރު ކޮށް، ކަސްޓަމްއިން ވަނީ އެމީހާއާއި މަސްތުވާތަކެތި ފުލުހުންނާއި ހަވާލު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.