ކެޓްރީނާ އާއި އަނުޝްކާ އެއްކަހަލަ ސާރީގައި

ކެޓްރީނާ އާއި އަނުޝްކާ އެއްކަހަލަ ސާރީގައި

Author
ފާތިމަތު ނާވީ
27 އޮކްޓޯބަރ 2022 04:45
0

ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާއިން ކަމުގައިވާ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކައިފް އެއް ޑިޒައިނެއްގެ ސާރީއެއް އަޅައިގެން ހުރުމުން ބެލުންތެރިން ސޯޝަލް މީޑިއާގައި އެކަން ފާހަގަ ކޮށްފިއެވެ.

އިންޑިއާގައި ފާހަގަ ކުރާ ދިވާލީގައި މި ދެތަރިންވެސް ވަނީ ސާރީ ގައި ސޯޝަލް މީޑީއާއަށް ފޮޓޯ ޝެއާ ކޮށްފައެވެ. އެގޮތުން ދުވަހުގެ ތަހުނިޔާ ފޭނުންނަށް ފޮނުވާފައި ވަނީ ފޮޓޯ އަކާއި އެކުގައެވެ.

އެގޮތުން އަނުޝްކާ ފެނިގެން ދިޔައީ ވަރަށަށްވެސް ރީތީ ފެހި ކުލައެއްގެ ސާރީއެއްގައި ހުއްޓައެވެ. މި ގުރާ ފެހި ކުލައިގެ ސާރީގައި އަނޫޝްކާ ވަރަށް ހިތްގައިމެވެ. ވަރަށް މިނިމަލް މޭކަޕް އެއްގައި އޭނާ ހުރި އިރު ސާރީ އާއި ވަރަށް ބޮޑަށް ގުޅެއެވެ. މިއީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނާއެއް ކަމުގައިވާ ސަބަޔަސާޗީގެ ޑިޒައިނެކެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

އަނެއްކޮޅުން ކެޓްރީނާ ވެސް ފެނިގެން ގޮސްފައިވަނީ ހަމަ އެހާ ނަލަކޮންނެވެ. އޭނާ ހުރީ ކަޅު ކުލައިގެ ސާރީއެއްގައެވެ. ނަމަވެސް އަނުޝްކާގެ ސާރީއާއި އާޅާކިޔާ އިރުގައި އެއްވެސް ފަރަގެއް ޑިޒައިނުން ފާހަގަ އެއް ނުކުރެވެއެވެ. ނަމަވެސް ކުލަ ތަފާތެވެ. ކެޓްރީނާ އަޅައިގެން ހުރީ ކަޅު ކުލައިގެ ސާރީއެކެވެ.

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)

ސޯޝަލް މީޑިއާގައި މި ދެތަރިންނަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ވަނީ އެއީ އެއް ޑިޒައިނެއްގެ ދެ ކުލައިގެ ސާރީކަމަށް ބުނެ ފޮޓޯތަށް ޝެއާ ކޮށްފައެވެ. ގިނަ ބަޔަކު ވަނީ އެކަމަށް ޖޯކުވެސް ޖަހައިފައެވެ.

ކެޓްރީނާ އާއި އަނުޝްކާ ވަނީ އެކުގައި 2018 ވަނަ އަހަރުގައި ފިލްމަކުން ފެނިގެން ގޮސްފައެވެ. އެއީ ފްލޮޕް ފިލްމް "ޒީރޯ" އެވެ. ދެތަރިންނާއި އެކުގައި ލީޑުން ފެނިގެން ދިއައީ ސުޕަސްޓަރ ޝާހްރުކް ޚާނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.