ހަނދާނަށް އަންނަނީ ހިމާރު ގަނެގެން ދިޔަ ދެބަފައިންގެ ވާހަކަ: ޢަލީ ޒާހިރު

ހަނދާނަށް އަންނަނީ ހިމާރު ގަނެގެން ދިޔަ ދެބަފައިންގެ ވާހަކަ: ޢަލީ ޒާހިރު

Author
މުޙައްމަދު ޖިމީ
25 އޮކްޓޯބަރ 2022 10:45
0

ހަނދާނަށް އަންނަނީ ދެ ހިމާރުން ގަނެގެން ދިޔަ ދެބަފައިންގެ ވާހަކަކަމަށް ވިދާޅުވެ ޗާގޯސް މައްސަލާގައި ދެކެވޭ ވާހަކަތަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ފުށުއަރާ މައްސަލާގައި ސަރުކާރުގެ ނިންމުމަށް އިދިކޮޅު ފަރާތްތަކާއި އެހެން ބައެއް ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވަނީ ޗާގޯސް މައްސަލާގައި މީގެ ދެ އަހަރުކުރިން ނިންމި ނިންމުމާއި ގުޅޭ ޚަބަރެއް ހިއްސާކުރައްވާފައެވެ. އެކަމުގެ ހަނދާން އައުކުރުމަށްކަމަށް ވިދާޅުވެ ޢަލީ ޒާހިރު ހިއްސާކުރެއްވި ޚަބަރަކީ  ޗާގޯސް ޖަޒީރާތައް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން މޮރަޝިސްއާ ދެކޮޅަށް ވޯޓު ދީފައިވާތީ، ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭނެ ކަމަށް އިދިކޮޅު މައި ސިޔާސީ ޕާޓީ، ޕީޕީއެމް އިން ބުނި ޚަބަރެވެ.

ޢަލީ ޒާހިރު ވިދާޅުވީ ހަނދާނަށް އަންނަނީ ހިމާރު ގަނެގެން ދިޔަ ދެބަފައިންގެ ވާހަކަކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށާއަރާ ސަރައްދުގެ މައްސަލާގައި ރާއްޖޭއިން މޮރީޝަސްއަށް އެތަން ދޫކޮށްލަން ނިންމިކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަކުންނެވެ. އޭގެ ތެރޭގައި ޤާނޫނީ ވަކީލުންނާއި ސިޔާސީ އިސް ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަކާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭން ކަނޑުގެ ސަރަހައްދުގެ އެއްވެސް ބައެއް ދޫނުކުރާނެކަމަށާއި، ރާއްޖޭގެ ނިންމުން ބަދަލު ނުވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ. އަދި މި މައްސަލާގައި މޮރިޝަސްއަށްވެސް ދޫނުކުރާނެކަމަށް އޭޖީ ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ އދ.ގެ އާންމު މަޖިލިހުގައި ޗާގޮސްގެ މައްސަލައާއި ގުޅޭގޮތުން ގަރާރެއް ހުށަހަޅައިފިނަމަ، އެ ގަރާރަށް ވޯޓު ދިނުމުގެ ކުރިން "އެކްސްޕެލެނޭޝަން އޮފް ވޯޓި"ގެ ފުރުސަތުގައި އެ ގަރާރަކަށް ދެކޮޅު ނުހެދުމަކީ ރާއްޖެއިން މޮރިޝަސްއާއި ދެކޮޅަށް ޓްރައިބިއުލަންގައި ވަކާލާތު ކުރަމުންގެންދާ މައްސަލާގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމެއްކަމުގައި ބުނުމަށް ނިންމާ، އެކަން މޮރިޝަސްގެ ސަރުކާރަށް އަންގާފައި ވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިނބޫ
ކުރިން ނުކޮށް ދޫކޮށްލި ކަންތަކާއި ގޯސްކޮށް ހުރި ކަނކަން ރަނގަޅު ކުރަން އަލާއުއްދީނި ވޮށްގަނޑު ހިފައިގެންނޭ ތިމަންމެން މިއަންނަނީ ބުނީމަ ކަލޭމެނަށް މަ ވޯޓު ދިނީ. އެކަމަކު އޭރު ނުކުރީ ކީއްވެތޯ ޖަދަލު ކުރުމުގަ 5 އަހަރު ނިމެނީ. ވޯޓު ހޯދަން މަގޭ ގާތަށް އައި އެކަތިވެސް އަތު ޖެހިއްޖެއްޔާ ދެދޮރު އެއްކޮށްލަން ފަހަކަށް ނުދާނެ މިހާރު.