މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ

Author
މުޙައްމަދު ޝަޒައިމް
21 އޮކްޓޯބަރ 2022 10:03
0

މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ކެނޑޭނީ ހެނދުނު 8:00 އިން 12:00 އާއި ދެމެދު ކަމަށެވެ. އެއީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މާދަމާ ހެނދުނު ކުރުމަށް ނިންމާފައި ވުމުންކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުގުތަކުގައި ގަލޮޅުގެ ބަނަފްސާމަގު، ސަހަރާމަގު، ނިޔަނދުރު ގޯޅި، ބޮޑުރަސްގެފާނު މަގު، ރާދަފަތި ހިނގުން، ރުއްކެނޑިޔާ ހިނގުން، ހުވަފެނީ ގޯޅި، ކޮއިމަލާ ހިނގުން، ދޮނަދަރާދަ ހިނގުން، ދޫހިމެރިމަގުގެ އިތުރުން، ލޮނުޒިޔާރަށް މަގުން ކަރަންޓް ކެނޑިދާނެ ކަމަށް ބުނެފައި ވެއެވެ.

މިގަޑިތަށް މިހެން ބަޔާންކޮށްފައި ވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަރަންޓް
ތީތޯބިލްކުޑަކުރާވައުދުފުއްދުންް ކަލޯމެނައްކުރެވޭނެހާވެސްކަމަކީީ ރައްޔިތުންނައްް އޮޅުވާލާމަކަރުހެދުންް ހުސްފުލޯކު