ހޮވައިގެން ގެނައި 10،000 ރުފިޔާގެ ވެރިފަރާތް ހޯދަނީ

ހޮވައިގެން ގެނައި 10،000 ރުފިޔާގެ ވެރިފަރާތް ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2022 01:20
0

އާންމު ފަރާތަކުން މަގުމަތިން ހޮވައިގެން ފުލުހުންނާއި ހަވާލުކުރި 10،000 ރުފިޔާގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ 12:04 އެހައިކަންހާއިރު ބޮޑުތަކުރުފާނު މަގު، 1 ނަމްބަރު ފާލަން ހިމެނޭ ސަރަހައްދުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރިކަމަށެވެ.

މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފުލުހުންކުރި މަސައްކަތުން ވެރިފަރާތް ހޯދިފައެއް ނުވާކަމަށާއި، މި ފައިސާތަކުގެ ވެރިފަރާތުން، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށާ އަދި އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 9631696 އަށް ގުޅުއްވުމަށް ވަނީ ދަންނަވާފައެވެ.

ފުލުހުން ވަނީ މިފަހުން ވެލަނާގޭ ލިފްޓުން ހޯދި 500 ރުފިޔާގެ ވެރިފަރާތް ހޯދަންވެސް އިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.