ބެންޒެމާ، ބެލޮންޑިއޯ ކާމިޔާބުކޮށްފި

ބެންޒެމާ، ބެލޮންޑިއޯ ކާމިޔާބުކޮށްފި

ގުޅުންހުރި

ނިމިގެން ދިޔަ 2021/2022 ގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް 'ފްރާންސް ފުޓްބޯލް؛ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް ރެއާލް މެޑްރިޑުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ހޯދައިފިއެވެ.

މިއީ 1998 ވަނަ އަހަރު ޒިނެދިން ޒިދާން ބެލޮންޑިއޯ އެވޯޑް ހޯދި ފަހުން، ފްރާންސްގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަަމަ ފަހަރެވެ. މީގެ ކުރިން ވެސް ބެންޒެމާ އަށް މި އެވޯޑް ލިބޭނެ ކަމަށް ބެލެވިފައި އޮތް އެންމެ ބޮޑު ސަބަަބަކީ މިދިޔަ ސީޒަނުގައި ރެއާލާއި ފްރާންސް ޓީމަށް އޭނާ ދެއްކި މޮޅު ކުޅުމުންނެވެ.

ފްރާންސްގެ ވެރިރަށް ޕެރިސްގައި އޮތް ޝަރަފުވެރި ޙަފްލާގައި އުމުރުން 34 އަހަރުގެ ބެންޒެމާ އެވޯޑު އުފުލާލީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އާއި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާ އާއި ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީއާ ވާދަކޮށެވެ. މިއީ ބެންޒެމާ ބެލެންޑޯ އެވޯޑު ކާމިޔާބުކުރި ފުރަތަމަ ފަހަަރެވެ. ބެންޒެމާ އަށް އެވޯޑު ހަވާލުކޮށްފައިވަނީ ކުރިން ރެއާލާއެކު އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު ޒިނެދިން ޒިދާންއެވެ.

ރެއާލަށް 46 މެޗުން 44 ގޯލު ޖަހައިދިން ބެންޒެމާ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. އަދި ފްރާންސަށް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދޭން އެހީތެރިވިއެވެ.

ފްރާންސްގެ ލިޔޯން އިން ވިދާލި ފޯވާޑް 2009 ގައި ރެއާލަށް ބަދަލުވެ އެ ޓީމަށް ވަނީ 615 މެޗުން 328 ގޯލް ޖަހައިފައެވެ. އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދައިފައެވެ. މިވަގުތު ރެއާލުގެ ކެޕްޓަނަކީ ވެސް އޭނާއެވެ.

މިއީ 2008 ވަނަ އަހަރުގެ ފަހުން ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިޔަކު ބެލެންޑޯ އެވޯޑު ހޯދި ދެ ވަނަ ފަހަރެވެ. އެ ދެ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހު އެންމެ ފުރަތަމަ ބެލެންޑޯ ހޯދީ ރެއާލްގެ މެޑްރިޑުގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ