އީޕީއޭއިން ޕްލޭނިންގ މިނިސްޓްރީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި

އީޕީއޭއިން ޕްލޭނިންގ މިނިސްޓްރީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި

Author
ހުސެއިން
17 އޮކްޓޯބަރ 2022 07:48
0

އައްޑު އަތޮޅު މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަޝްރޫޢު ޕްލޭނިން މިނިސްޓްރީން ކުރިޔަށް ގެންގޮސްފައިވަނީ، 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އީޕީއޭއިން ދޫކޮށްފައިވާ އީއައިއޭއާއި ޚިލާފަށް ކަމަށް ބުނެ، އެ އޭޖެންސީން ޕްލޭނިން މިނިސްޓްރީ 120،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ. އީޕީއޭއުން ނެރެފައިވާ އިއުލާނުގައި ވާގޮތުން، މި ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް ދެއްކުމަށްވެސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.

އީޕީއޭއިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، އީއައިއޭއާއި ޚިލާފަށް މަރަދުފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއޫ ކުރިޔަށް ގެންގޮސްފައިވާތީ ޕްލޭނިންގ މިނިސްޓްރީ ޖޫރިމަނާ ކޮށްފައިވަނީ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ދަށުން ކަމުގައެވެ.

އީމިއިއުލާނުގައި އިތުރަށް ބުނެފައިވަނީ، މަރަދޫފޭދޫ ބަނދަރުގެ އީއައިއޭ މޮނިޓަރިން ޕްލޭން އަލުން އިސްލާހުކޮށް، ބަދަރުގައި މިހާތަނަށް ކޮށްފައުހުރި މަސައްކަތްތައް އެނގޭނެހެން އެ ޕްލޭން އިސްލާހު ކުރުމަށްވެސް އަންގާފައި ވާކަމަށެވެ. އަދި ކުރިޔަށް އޮތް 7 ދުވަހުގެ ތެރޭގައި، އާ މޮނިޓަރިން ޕްލޭން ހުށަހަޅާނޭކަން ޔަގީން ކޮށްދޭ ލިޔުމެއްވެސް އީޕީއޭއަށް ހުށަހެޅުމަށްވެސް ޕްލޭނިންގ މިނިސްޓްރީއަށް އަންގާފައި ވާކަމަށްވެސް ބުނެފައި ވިދާޅުވެފައި ވެއެވެ.

އީޕީއޭއިން ވަނީ އީއައިއޭއާއި ޚިލާފްވެގެން ޕްލޭނިންގ މިނިސްޓްރީ މީގެކުރިންވެސް ޖޫރިމަނާ ކޮށްފައެވެ.

މަރަދޫފޭދޫ ބަދަރު އިއައިއޭއަ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާކަމަށް އިޕީއޭއިން ނިންމާފައިވާއިރު، 243 މީޓަރުގެ ދިގުމިން ބޭރު ތޮށީގައި ހުންނަ އަދި އެއްގަމު ތޮށީގައި 260 މީޓަރު ހުންނަ މިބަދަރުގެ ހުރިހާ މަސައްކަތެއް ނިމި، މިއަހަރުގެ މާރޗްމަހު ރައީސް ސާލިހުވަނީ މި ބަނދަރު ހުޅުވާވެސް ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.