ނިއުކާސަލުން ޔުނައިޓެޑް ހިފަހައްޓައިފި

ނިއުކާސަލުން ޔުނައިޓެޑް ހިފަހައްޓައިފި

Author
މުޙައްމަދު ޝަޒައިމް
17 އޮކްޓޯބަރ 2022 08:14
0

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަ ޔުނައިޓް މޮޅުވިޔަ ނުދީ ނިއުކާސަލް އިން ހިފަހައްޓައިފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ޔުނައިޓެޑުގެ މެޗުގައި ދެ ޓީމުން ވެސް އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ޓީމު ކުރިއަށް ޖައްސާ ކައުންޓާ އެޓޭކްތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ނިއުކާސަލްގެ ފަބިއަން ޝެއާ ވަނީ އެ ހަމަލާތައް މަތަ ކޮށްފައެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބުނީ ނިއުކާސަލްގެ ޖޯލިންޓަން އަށެވެ. މިއީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކިއެރަން ޓްރިޕާ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެކެވެ. ޖޯލިޓަން ބޮލުން ފޮނުވާލި ނަމަވެސް އެބޯޅަ ޖެހުނީ ގޯލުގެ މަތީ ދަނޑީގައެވެ. އޭގެ ފަހުން ޔުނައިޓެޑުގެ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ނިކް ޕޯޕް ވަނީ ދިފާއު ކޮށްފައެވެ.

ޔުނައިޓެޑަށް މިމެޗުން ލިބުނު ޕޮއިންޓާއެކު 16 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ ފަސް ވަނައިގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.