މިސަރުކާރު ދަމަހައްޓައިފިނަަމަ ހަނިމާދޫގައި ދިރިއުޅޭނީ އިންޑިއާމީހުން: ޔާމީން

މިސަރުކާރު ދަމަހައްޓައިފިނަަމަ ހަނިމާދޫގައި ދިރިއުޅޭނީ އިންޑިއާމީހުން: ޔާމީން

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2022 10:23
0

މިހާރު އޮތް ސަރުކާރު 2023 ވަނަ އަހަރު ދަމަހައްޓައިފިނަމަ ހަނިމާދޫގައި އެރަށުގެ ރައްޔިތުންނަށް ތިބުމުގެ ޖާގައެއް ނުލިބޭނެކަަށް ޕީޕީއެމްގެ ރައީސް، ޔާމީން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ އިވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރަށްރަށަށް އެމަނިކުފާނު ވަޑައިގަތުމުން ރަށްރަށުން ވަރަށް ގިނަ ކަންކަމުގައި އެދޭކަމަށެވެ. އަދި އެކަންކަން ނުހަނު އުފަލާއިއެކު ބަލައިގަންނަ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ އެދޭ ކަންކަމާއިގެން ކުރިއަށްދާއިރުވެސް އެންމެ ބޮޑަށް ވިސްނަންޖެހޭ ކަމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި ދޭތެރޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ހއ. އަށް ކުރެއްވި ދަތުރު ފެށި ހަނިމާދޫއިން ކަމަށްވާއިރު، ހަނިމާދޫ އެއާޕޯޓުން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބުނުކަމަށެވެ.

ހަނިމާދޫގެ މިހާރުގެ ހާލަތަށް ބަލާއިރު މިވެރިކަން ދެމިއޮވެއްޖެނަމަ ހަނިމާދޫގައި އެރަށުގެ ރައްޔިތުން 2023ގެ ފަހުން ނުތިބޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޤައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖެ އޮތީ އިންޑިއާގެ އަޅުވެތި ކަމުގައިކަމަށެވެ. މިއަދު ޤައުމު ހިންގަމުންދަނީ ސީދާ އިންޑިއާގެ އޯޑަރަށް ކަމަށާއި، އެކަން އެނޫން ގޮތަކަށް ހިނގާކަމަށް ތެދުބަހުން މިސަރުކާރުގެ ވެރިންނަށް ބުނަން ނުކެރޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ މިޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.