"ތެހްރާން"ގެ ޝޫޓިން ނިންމަން 15 ދުވަސް ވަންދެން މަނޫޝީ އުޅުނީ ނުނިދާ!

"ތެހްރާން"ގެ ޝޫޓިން ނިންމަން 15 ދުވަސް ވަންދެން މަނޫޝީ އުޅުނީ ނުނިދާ!

ރީތީގެ ރާނީގެ ތާޖު އެޅުމުގެ ޝަރަފު 2017 ވަނަ އަހަރު ހޯދި ރީތީގެ ރާނީ މަނޫޝީ ޗިއްލަރުގެ ބޮލިވުޑްގެ ފުރަތަމަ ފިލްމްއަކީ މިއަަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހު ރިލީޒްކުރި "ސަމްރާޓް ޕްރިތްވީރާޖް"އެވެ.

އެފިލްމްގައި މަނޫޝީ ފެނިގެންދިޔައީ އަކްޝޭ ކުމާރާ އެކުގައެވެ. ނަމަވެސް ފިލްމަށް ހީކުރިވަރާ ގާތަށްވެސް ތަރުހީބު ނުލިބުނެވެ. ފިލްމަކީ ބޮކްސް އޮފީހުގައި ފްލޮޕެކެވެ.

މަނޫޝީ މިހާރު އަންނަނީ އޭނާގެ ފިލްމީ ކެރިއަރުގެ ދެވަނަ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ގެ ކުރިއަށް އޮތް ފިލްމަކީ "ތެހެރާން"އެވެ. އެފިލްމް ގައި މަނޫޝީ އާއި އެކުގައި ފެނިގެންދާނީ ޖޯން އަބްރަހަމެވެ.

 

View this post on Instagram

 

A post shared by Manushi Chhillar (@manushi_chhillar)

މި އެކްޝަން ފިލްމްގެ ޑައިރެކްޓަރަކީ އަރުން ގޯޕާލަންއެވެ. މި ފިލްމުގައި މަނޫޝީ ފެނިގެންދާނީ އެކްޝަން ރޯލަކުންނެވެ.

ފިލްމުގެ ޝޫޓިންގްތައް ފަށައިގެން މިހާރު ކުރިއަށްއެބަ ދެއެވެ. އެގޮތުން ފިލްމުގެ ޝޫޓިން ނިންމާލުމަށް ނުނިދާ ހުރެގެން މަނޫޝީ މަސައްކަތް ކޮށްފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. އެގޮތުން އޭނާ ވަނި 15 ދުވަހުން ޝޫޓިން ނިންމާލުމަށް ނުނިދާ ހުރެގެން ޝޫޓިން ކުރިއަށް ގެންގޮސްފައެވެ.

ފިލްމު ސިނަމާތަކަށް ގެނައުމަށް މަސައްކަތް ކުރަނީ އަންނަ އަހަރު އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށެވެ. އެހެންކަމަށް ވާނަމަ ރިތިކް ރޯޝަނާއި ދީޕިކާގެ އުންމީދީ ފިލްމު "ފައިޓަރ" އާއި މިފިލްމު ފުށޫއަރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *