ދަނޑުވެރިކަމުގެ ބޭނުމަށް ސަރުކާރުން ދޫކޮށްފައިވާ ވ. ހުޅިދޫ އެ އަތޮޅުގެ ރައްޔިތުންނަށް އަނބުރާ ދިނުމަށް ގޮވާލައި އަތޮޅުގެ ގިނަ ބަޔަކު އަނެއްކާވެސް އިހްތިޖާޖުކޮށްފިއެވެ.
ހުޅިދޫ އަކީ އާރަށް އިންވެސްޓްސް މަންޓްސް އަށް ދަޑުވެރިކަމަށް ސަރުކާރުން ދީފައިވާ ރަށެކެވެ. ނަމަވެސް އެ ރަށުން މަހަކު 6،000 ރުފިޔާ ކުލީގެ ގޮތުގައި ސަރުކާރުން ނަގައެވެ. ނަމަވެސް ގާނޫނީ ގޮތުން އެ ރަށުގެ އެގްރީމެންޓް މިހާރު ވަނީ ހަމަވެފައެވެ.
ހުޅިދޫގައި އެގްރީމެންޓާއި އީއައިއޭ ހިލާފަށް އެތަށް ކަމެއް ކޮށްފައިވާ ކަމަށް އެއަތޮޅުގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ދަނޑުވެރިކަމަށް ދީފައި އޮތް ރަށެއްގައި ފަތުރުވެރިކަމުގެ މަސައްކަތެއްވެސް ހިންގަމުންދާ ކަމަށް ތުހުމަތު ދަނީ ކުރަމުންނެވެ. އެގޮތުން ރަށަށް 5 ޑޮލަރު ދިނުމުން ފަތުރުވެރިނަށް އެރޭނެ ގޮތައް ވިޔަފާރި ކުރާ ކަމަށް އެއަތޮޅުގެ ބައެއް ކައުންސިލްތަކުން ދަނީ ބުނަމުންނެވެ.
ވ.ހުޅިދޫ ގެ ޙާލަތު pic.twitter.com/MD4f1PVJmh
— shifaq (@hussain_shifaq) October 13, 2022
ހުޅިދޫގައި ގަވައިދާ ހިލާފަތް ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތެރެގައި އީއައިއޭ އާއި ހިލާފަތް ފާލަމެއް އަޅާފައިވުމާއި، ގަވައިދާ ހިލާފަތް ރުއްތަކެއް ނަގާފައި ވުމާއި، އެ ރަށުގެ ކުޅިއަށް ވެލި އަޅައި ހިއްކާފައިވުމާއި، އީއައިއޭ އާއި ހިލާފަތް ދެ ނެރު ކަނޑާފައިވުމޔގެ އިތުރުން ހުޅިދޫ ފަރަށް ބާޖެއް އަރުވާފައިވުން ފަދަ ކަންކަން ވަނީ ހިނގާފައެވެ.
އެރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަން ވ. އަތޮޅު ރައްޔިތުންނަށް ހޯދައިދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއްވެސްމެއެވެ. އެކަމަކު ދައުރު ނިމެން ކައިރިވީ އިރުވެސް ރައްޔިތުންނަށް ހުޅިދޫ ހޯދައިދޭން ސަރުކާރުން އެއްވެސް ކަމެއް ނުކުރާތީ އެ އަތޮޅުގެ ރައްޔިތުން މިދިޔަ ހޮނިހިރު ދުވަހުވެސް ދޯނިފަހަރުތަކުގައި ކަނޑުމައްޗަށް ނުކުމެ އިހްތިޖާޖުކުރިއެވެ.
@presidencymv @ibusolih must remember that intimidating protestors by sending police will not deter people from claiming their rights.
Your job is to stop the #corruption and lawlessness, not promote it.#HowDareYou !#HulhidhooHavaalukurey ! https://t.co/vrcOETFMpu— #SaveMaldives Campaign (@SaveMaldivesMV) October 13, 2022
މިއަދުވެސް ގަދަ ވިއްސާރައިގައި ވ. އަތޮޅުގެ ރައްޔިތުން ވަނީ ހުޅުދޫއަށް ގޮސް، އެރަށް ރައްޔިތުންގެ ބޭނުމަށް އަތޮޅު ކައުންސިލާ ހަވާލުކުރުމަށް ސަރުކާރަށް ގޮވައިލައިފައެވެ.
ވ. އަތޮޅުގައި 14 ފަޅުރަށް އޮންނައިރު ރިސޯޓު ހެދުމާއި ދަނޑުވެރިކަން ކުރުމުގެ ނަމުގައި އެ ރަށްތައް ވަނީ ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްފަ އެވެ. އެހެންވެ، އެ އަތޮޅުގެ ރައްޔިތުންނާއި އެ ރަށްރަށުގެ ގެސްޓްހައުސްތަކަށް ދާ ޓޫރިސްޓުން ދަތުރު ދިޔުމަށް ރަށެއް ނެތުމަކީ ކުރިއްސުރެ ވ. އަތޮޅު ރައްޔިތުންގެ ޝަކުވާ އެކެވެ.
ކޮމެންޓު ފޮނުވާ