"ފޯން ބޫތު"ގެ ޓްރެއިލާ ދައްކާލައިފި

"ފޯން ބޫތު"ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
11 އޮކްޓޯބަރ 2022 09:52
0

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް ފެނިގެން ދާ ފިލްމު "ފޯން ބޫތު"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 4 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓައިންމަންޓަށް ގުރްމީތު ސިންގް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ކެޓްރީނާ އާއެކުގައި ފިލްމުގެ މައިގަނޑު ކާސްޓްގައި ދެން ހިމެނެނީ ޒުވާން ދެ ތަރިންނެވެ. އެއީ ޒުވާން އެކްޓަރު އިޝާން ޚައްޓަރު އާއި ސިދާންތު ޗަތުރުވެދީއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 9 ގައި އެކްޓަރ ވިކީ ކޯޝަލާ ކައިވެނި ކުރިފަހުން މިއީ ސިނަމާ ތަކަށް އަންނަ ކެޓްރީނާގެ ފުރަތަމަ ފިލްމެއެވެ. އެންމެ ފަހުން ކެޓްރީނާ ފެނިގެން ގޮސްފައިވަނީ "ސޫރްޔަވަންޝީ"އިން އަކްޝޭ ކުމާރާ އެކުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.