މިއަހަރު މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި

މިއަހަރު މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި

މިއަހަރު މިހާތަނަށް ރާއްޖެ އެތެރެކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވެދިޔަ ހަފްތާގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރިން އާންމު ކޮށްފައިވާ ހިސާބުތައް ދައްކާފައިވާ ގޮތުގައި މިހާތަނަށް ރާއްޖެ އެތެރެފައިވާ ފަތުރުވެރިންގެ އަދަދަކީ 1.21 މިލިއަންއެވެ. މިއަދަދަކީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %4.4 ގެ ކުރިއެރުމެކެވެ. އަދި މިއީ 2021 ވަނަ އަހަރުގެ މި ތާރީޚާއި އަޅާ ބަލާއިރު %38.3 ކުރިއެރުމެއްކަމަށްވެސް ހިސާބުތަކުން ދައްކައެވެ.

މި ހިނގާ އޮކްޓޯބަރުމަހުގެ ތެރޭގައި ދުވާލަކަށް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ ނިސްބަތަކީ 4،785 ފަތުރުވެރިންނެވެ. މީ އިތުރުން އެންމެ ފަހުގެ ހިސާބުތައް ދައްކާފައިވާ ގޮތުން ރާއެއަށް މިއަހަރު މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނި އިންޑިއާއިންނެވެ. އަދި ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމައާއި، ރަޝިއާއާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ އެކުވެސް ރަޝިއާ އޮތީ މި ލިސްޓުގެ ދެވަނައިގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެ ކުރީގައި އޮތް 5 ގައުމަކީ:

  • އިންޑިއާ – 172،911 ފަތުރުވެރިން
  • ރަޝިއާ – 146،806 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 133،280 ފަތުރުވެރިން
  • ޖަރުމަނު – 97،145 ފަތުރުވެރިން
  • އިޓަލީ – 69،707 ފަތުރުވެރިން

މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެކަމަށް ސަރުކާރުން ވަނީ އަންދާޒާ ކޮށްފައެވެ. ކުރިޔަށް އޮތް ދެމަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމަށްވާތީ، މިއަހަރު ނިމޭއިރު މި ލަނޑުދަނޑިއަށް ވާސިލް ވެވޭނެކަމަށް އުއްމީދު ކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *