ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވައި އޮއްފައި ފެނުނު ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ބޭރަށް ފޮނުވައިފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ އަޒްހާންކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންގޮސްފައިވާކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މަރުވެފައިވާމީހެއްގެ ހަށިގަނޑު ފެނުނީ މިމަހުގެ 2ވަނަ ދުވަހުއެވެ.
ހަށިގަނޑު އޮތީ ވަރަށްބޮޑަށް ކުނިވެ ހަލާކުވެފައިކަމަށާ، އެހެންކަމުން އަދި ދަނީ ބަލަންޖެހޭ ކަންކަން ބަލަމުންކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
ފުލުހުން ވަނީ އަޒްހާނގެ ފޯނުވެސް މިހާރު ފެނިފައިވާކަމަށް ބުނެފައެވެ. އަދި އޭނާ މަރާލާފައިވާކަމަށް ޝައްކުކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފެނިފައި ނުވާކަމަށްވެސް ފުލުހުންބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ